ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް--
ހަބަރު
24 Jun 2023 | 13:24
ފުރުމުގެ 3 ގަޑިއިރު ކުރިން ފަސިންޖަރުން އެއާޕޯޓަށް ދިޔުމަށް އެދިއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ތޮއްޖެހުން ކުޑަކުރުމަށްޓަކައި ފަސިންޖަރުން އެއާޕޯޓަށް 3 ގަޑިއިރު ކުރިން ދުރުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.

ބޮޑު ޗުއްޓީއަށް ސްކޫލްތައް ބަންދުވުމާއި އަޟްޙާ ޢީދު ކައިރިވުމާއި ގުޅިގެން ރާއްޖެއިން ބޭރަށާއި އަތޮޅުތެރޭގެ ރަށްރަށަށް ފުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލް އިން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ ޗުއްޓީ ދުވަސްވަރު ދަތުރުފަތުރު ކުރާ ފަރާތްތައް ދިގު ކިއުތަކާއި ދަތުރު ލަސްވުން ފަދަ މައްސަލަތަކާއި ކުރިމަތިލުމުން ސަލާމަތްވުމަށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރުމުގެ 3 ގަޑިއިިރު ކުރިން ދުރުވުމަށް އެދިފައެވެ.

އަދި އެއާޕޯޓްގެ މަސައްކަތަށް ބުރޫނާރާނެހެން ފަސޭހަކަމާއިއެކު ކުރިއަށް ގެންދިޔުމަށްޓަކައި ޗެކްއިން ވުމުގެ ކުރިން އިމުގާ ފޯމް ފުރިހަމަ ކުރެއްވުމަށް ވެސް އެ ކުންފުނިން ވަނީ ދަތުރުވެރިންގެ ފަރާތުން އެދިފައެވެ.

މިއަހަރުގެ ސްކޫލް ބޮޑު ބަންދު ފެށިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މި ފެށޭ ހަފްތާގައި އަޟްޙާ ޢީދުގެ ދުވަސްތައް ފާހަގަކުރެވިގެން ދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.