އޭޓީއެމް ތެރޭގައި ފުލުހުން ހަރަކާތް ތެރިވަނީ
ހަބަރު
24 Jun 2023 | 15:54
އޭޓީއެމްއަށް ގެއްލުންވީީ ކަސްޓަމަރު ގަސްދުގައި ކުރިކަމަކުން ނޫން، ފައިސާއެއް ނުގެއްލޭ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން އައިޖީއެމްއެޗް ގައި ބަހައްޓާފައިވާ އޭޓީއެމް ސެންޓަރގައި ހުރި އޭޓީއެމްތަކުގެ ތެރެއިން އެއް އޭޓީއެމްއަކަށް ގެއްލުންވީީ ކަސްޓަމަރު ގަސްދުގައި ކުރިކަމަކުން ނޫން ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

އޭޓީއެމްއަލަށް ގެއްލުންވެފައިވާ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން ބީއެމްއެލްއިން ބުނީ، އޭޓީއެމްއަށް ގެއްލުންވެފައިވަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި މިކަމާ ގުޅިގެން އޭޓީއެމްގެ ހިދުމަތް މެދުކެނޑިފައި ނުވާ ކަމަށެވެ.

"މި ހާދިސާގައި، ބީއެމްއެލްގެ އޭޓީއެމް އަށް ގެއްލުންވެފައިވީ ނަމަވެސް އެއްވެސް ފައިސާއެއް ގެއްލިފައި ނުވަތަ ވަގަށް ނަގާފައެއް ނުވެއެވެ. އޭޓީއެމްގެ ސެކިއުރިޓީ 24 ގަޑިއިރު ބީއެމްއެލް އިން ބަލަމުންދާއިރު އޭޓީއެމްގެ ހިދުމަތަކީ ރައްކާތެރި އަދި ރައްޔިތުންގެ ފަސޭހައަށް ގާއިމްކޮށްފައިވާ ހިދުމަތެކެވެ." ބީއެމްއެލްއިން ބުންޏެވެ.

މިކަމާއި ގުޅިގެން މީގެ ކުރިން 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބީއެމްއެލްގެ އޭޓީއެމް މެޝިންތަކުގެ ތެރެއިން އެއް މެޝިނަށް ގެއްލުންދީފައިވާ މައްސަލަ ފަތިހު 05:11 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިއާއިއެކު މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.