ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
25 Jun 2023 | 16:26
ރައީސް ޞާލިހް ޤާސިމަށް: ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިޔަސް ޤާނޫނުން ބޭރަކަށް ނުދާނަން

ވިލާ ކުންފުންޏަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެން ހުއްޓުވާފައިވާ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް، ރައީސް އިބްރާހީމް މުޙައްމަދު ސާލިޙަށް އަމާޒު ކުރެއްވި ބަހުގެ ހަމަލާތަކަށް އެމަނިކުފާނު ރައްދު ދެއްވާފިއެވެ.

އެގޮތުން އިއްޔެ ރޭ ބޭއްވުނު ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ޤާސިމް ވަނީ ވާވެއްދި ފަޅުގެ މައްސަލާގައަާއި އެހެނިހެން ކަންކަމުގައި ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ރައީސް ޞާލިހުއަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާއި ގުޅިގެން ނޫސް ވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު އަރުވަމުން ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ހޭދަ ކުރެއްވި ވަގުތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަމުން އައީ ޤާނޫނު އަސާސީ އާއި ޤާނޫނުގެ އިމުގެ ތެރެއިން ކަމަށާއި މި އިމުން ބޭރަށް އެމަނިކުފާނު ވަޑައިނުގަންނަވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑު މަސައްކަތް ކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ އިމުގެ ތެރޭގައި، އެއީ އަޅުގަނޑު ކިތަންމެ ގާތް މީހެއްގެ ކަމެއް ވިޔަސް. އަދި އަޅުގަނޑުގެ ޕާޓީގެ މީހެއްގެ ކަމެއް ވިޔަސް. އާއިލާގެ މީހެއްގެ ކަމެއް ވިޔަސް. އަޅުގަނޑަކަށް ޤާނޫނުއަސާސީން ބޭރަކަށް ނުދެވޭނެ. އޭގައި އޮތް ގޮތަށް އެކަން ކުރިއަށްދާނީ." އެމަނިކުފާނު ވިދާޅުވިއެވެ.

މިއާއިއެކު ރައީސް ޞަލިހު ވިދާޅުވީ މިނިވަން މުއައްސަސާތަކުން ކުރާ ކަންތައްތައް އެ އޮތްގޮތަށް ކުރިއަށްދާނެ ކަމަށާއި މިކަމުގެ ތެރެއަށް އެމަނިކުފާނުގެ ނުފޫޒު ފޯރުވުމަކީ މިހާތަނަށްވެސް ކުރި ކަމެއްނޫން ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް މިކަން ނުކުރައްވާނެ ކަމަށް ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ.

"އެހެންވީމަ މި މައްސަލާގަވެސް އަޅުގަނޑު ހުންނާނީ ޤާނޫނީ އިމުގެ ތެރޭގައި. ގާނޫނުން ބޭރަކަށް ނުދާނަން. އެއީ ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިޔަސް. އެއީ އެބޭފުޅެއްގެ ކަމެއް." ރައީސް ޞާލިހު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ވާވެއްދި ފަޅު ވިލާ ކުންފުނީގެ އަތުން އަތުލީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި 2015 ގައެވެ.  އޭރު އަތުލި ތަންތަނުގެ ތެރޭގައި ވާވެއްދި ފަޅާއި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ހިމެނެއެވެ. ނަމަވެސް މި މައްސަލައިގައި ސަރުކާރުން އެއްބަސްވުން އުވާލީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ވިލާއާ އެއްކޮޅަށް ފަހުން ނިންމައިފައެވެ.

އެފަދައިން ކަން ހިނގާފައިވަނިކޮށް، ވާވެއްދިފަޅާއި ގުޅިގެން އެއްވެސް މުޢާމަލާތެއް ނުހިންގުމަށް ދާދިފަހުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިލާ އަށް ވަނީ އަންގާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.