އިދިކޮޅު ޕާޓީ ތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ދެން
ހަބަރު
25 Jun 2023 | 17:56
ދަ ޑިމޮކްރޭޓްސް އަދިވެސް ރެޖިސްޓާ ނުވާ މައްސަލަ ކޯޓަށް ހުށަހަޅައިފި

އިލެކްޝަން ކޮމިޝަން (އީސީ)ން ދި ޑިމޮކްރެޓްސް އުފައްދަން ހުއްދަ ދޭން އުޅޭ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށާއި، އަދި މިހާތަނަށް އެ ހުއްދައެއް ލިބިފައިނުވާ ކަމަށް ބުނެ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ހުއްދަދޭން ނިންމައި އަންނަ އާދީއްތަދުވަހު އެ ހުއްދަ ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް ހުސައިން ހަބީބު މިއަދު ވަނީ ވިދާޅުވެފަ އެވެ. 

އެކަމާއި ގުޅިގެން، ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ރިޔާސީ އިންތިޚާބުގައި ތާއީދުނުކުރާ ހުރިހާ ޕާޓީތަކުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ހަސަން ވިދާޅުވީ އެ ކޮމިޝަނުގެ މެންބަރަކު އެފަދައިން ވިދާޅުވެގެން އެ ވިދާޅުވާ ބަސްފުޅަށް އެއްވެސް އިތުބާރެއް ނެތް ކަމަށެވެ.

ހަސަން ވިދާޅުވީ، ޖޫން މަހުގެ 1 ވަނަ ދުވަހުގައި 3،500 ފޯމު އެ ޕާޓީގެ ފަރާތުން ހުށަހެޅުމުން 15 ޖޫންގައި އެ ފޯމުތައް ޕްރޮސެސްކޮށް ނިންމާފައިވާ ކަމަށެވެ. އަދި ޕާޓީން ހުށަހަޅާ ފޯމްތަކުގައި ޤާނޫނު އަދި ޤަވައިދުގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަވޭތޯ ބަލަން ތިން މަސް ލިބޭ ނަމަވެސް، އެ މަސައްކަތް ނިމުމުން އެހުއްދަ ނުދީ ހިފަހައްޓައިގެން އުޅެންޖެހޭ ޤާނޫނެއް ނޯންނާނެ ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

ހަސަން އިތުރަށް ވިދާޅުވީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދިޔަނުދިނުމަށް މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށާއި، ބޭނުންފުޅަކީ އެ ޕާޓީ އުފެދުނަނުދީ އިންތިޚާބަށް ދިއުމަށް ކަމަށެވެ. އަދި އެމައްސަލަ މިހާރު ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މިއަދުވާނެ މައްސަލައެއް ސްޕްރީމް ކޯޓަށް ލާފައި. އެއީ މި ހުއްދަ އިލެކްޝަން ކޮޮމިޝަނަށް ހިފަހައްޓައިގެން ނުތިބެވޭނެ ކަމަށް ބުނެ ސްޕްރީމް ކޯޓުގައި މިހާރުވާނީ މައްސަލަ ހުށަހަޅާފައި.". ހަސަން ލަތީފް ވިދާޅުވިއެވެ.

އިތުރަށް ޙަސަން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާ ގޮތަށް ބަލާއިރު އިންސާފުވެރި މިނިވަން އިންތިޚާބެއް ބޭއްވިދާނެ ކަމުގައި ޤަބޫލުނުކުރެއްވޭ ކަމަށެވެ. އެގޮތުން އެ ކޮމިޝަނަށް ވަރަށް ބޮޑަށް އިތުބާރުވަނީ ގެއްލިފައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.