ރައީސް ޞާލިހް އާއި ސިޔާމް ސަލާމް ކުރައްވަނީ--
ހަބަރު
27 Jun 2023 | 18:10
ހިލޭ ގޯތި ބަހާތީ ސިޔާމްގެ ޝުކުރު ރައީސް ޞާލިހަށް

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވައުދުފުޅުގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފައި ވާތީ، އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) ރައީސް ޞާލިހަށް ޝުކުރު ދަންނަވައިފިއެވެ.

ރައީސަށް ޝުކުރު ދައްނަވަމުން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ ގޯތީގެ މައްސަލަ ކަމަަށެވެ.

"އަޅުގަނޑު ހަނދާން ހުންނަންފެށީއްސުރެވެސް އޮތް އެންމެބޮޑު މައްސަލަ މާލޭ ރައްޔިތުންގެ ގޯތީގެ މަައްސަލައަށް އިންގިލާބީ ހައްލެއް ގެނެސްދެއްވާ މާލޭ ސަރަހައްދުގެ އެންމެ ބޮޑު މައްްސަލައިގެ ނިޒާމަށް މިގެނެސްްދެއްވި ބަދަލަށްޓަކައި ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަޅުގަނޑުގެ ހިތުގެ އިހްލާސްތެރި ޝުކުރާއި މަރުހަބާ ދަންނަވަން" ސިޔާމް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭ އުސޫލާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހައުސިންގ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި މީހުންގެ ތެރެއިން 19،857 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން އަސްލަމް ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައަޅައިފައިވަނީ 15،164 ފޯމު ކަމަށެވެ. އެއީ މުޅި އެކު 23،088 މީހަކު ބައިވެރިވާ ފޯމުތަކެއް ކަމަށެވެ.އޭގެ ތެރެއިން 12،794 ފޯމެއްގެ ޝަރުތު ހަމަވާ ކަމަށާއި އެއީ 19،857 މީހަކު ބައިވެރިވާ ފޯމެއް ކަމަށްވެސް އެމިނިސްޓްރީ އިން ބުނެފައިވެއެވެ.

"އެ ލިސްޓް މިއަދު ގެޒެޓްކުރާނެ. އޭގައި ވާނެ އެޕްލިކޭޝަން ލީ މީހުންނާއި ލައިފައި ވަނީ ކިތައް އެޕްލިކޭޝަން ވެސް ރައީސް ވެސް އިއުލާން ކުރައްވާފައި ވަނީ 5000 ގޯތި، މި ވަގުތަށް އެ 5000 އެޕްލިކަންޓަކީ ކޮބައިކަން ވެސް އެނގެން އޮންނާނެ، އަދި ޑިސްކޮލިފައިވީ ކޮން ބައެއް ކަން ވެސް ޕޯޓަލް އިން އެނގެން އޮންނާނެ،" އަސްލަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓް މިހާރު ވަނީ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ. އެ ލިސްޓު އަންނަނިވި ލިންކުން ބަލައިލެވޭނެއެވެ.

ލިސްޓު

އަސްލަމް ވިދާޅުވެފައިވަނީ ފުރަތަމަ ދޭނީ މިހާރު އިއުލާނުކޮށްފައިވާ 5،000 ގޯތި ކަމަށާއި މި ސްކީމަށް 15،164 ފޯމް ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ގެޒެޓް ކޮށްފައި އެވަނީ އޭގެ ތެރެއިން 10،314 މީހަކަށް ލިބޭ ގޯއްޗެވެ.

15،000 އެއްހާ ފޯމު ހުށައަޅައިފައިވާއިރު ޝަރުތު ހަމަނުވާ 2،370 ފޯމެއް ވާކަމަށް ޕްލޭނިންގ މިނިސްޓްރީ އިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jul 2026
ފަހަތުން އަރައި އިނގިރޭސިން ބަލިކޮށް، އާޖެންޓީނާ ފައިނަލަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ
15 Jul 2026
ބީއެމްއެލްގެ ސީއީއޯ މިއަދުވެސް ދެއްވީ، 4،000 އެޕާޓްމަންޓްގެ ޔަގީންކަން
ޝަރީފް ވިދާޅުވީ، 4،000 އެޕާޓްމަންޓަކީ ހަމައެކަނި ކަރުދާހުގައި އޮތް އަދަދެއް ނޫން ކަމަށެވެ
15 Jul 2026
ފުލުހުން އިލްތިމާސްކުރީ މެޗުގެ ފޯރީގައި އެހެން މީހުންނަށް އުނދަގޫނުކުރަން
މިރޭ ދަންވަރު 12:00 ކުޅޭ މިމެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. މިއީ އެހެން މީހުންނަށް ނުހަނު ބޮޑަށް އުނދަގޫވާނެ ކަންކަންކަން ފުލުހުން ފާހަގަކުރެއެވެ.
15 Jul 2026
ކޯޓުން ބަންދުކޮށްފައިވާ ގެއަކަށް ވަތް ދެ މީހަކު ޑްރަގާއެކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ.
15 Jul 2026
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
15 Jul 2026
ބީއެމްއެލްގެ ބްރާންޗް ވިއުގަ 55 އަށް: އަލަށް 7 ބްރާންޗެއް ހުޅުވައިފި
ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަދު ޚިދުމަތް ދޭން ފެށި ބްރާންޗުތައް ހުންނަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ.
15 Jul 2026
ސެމީ ފައިނަލަށް ރެފްރީއެއް ކަނޑައެޅުން
އާޖެންޓީނާ-އިންގްލެންޑް ސެމީ ފައިނަލް ރެފްރީކުރުމަށް އެމެރިކާގެ އިސްމާއިލް އެލްފަތު ހަމަޖައްސާފައިވާއިރު، މެސީ ބައިވެރިވި މެޗުތަކުގައި އޭނާ ރެފްރީކުރި ކޮންމެ މެޗަކުންވެސް އިންޓަރ މިއާމީ ފުރިހަމަ ޕޮއިންޓް ހޯދާފައިވާކަން ސޯޝަލް މީޑިއާގައި ފާހަގަކުރެވިފައިވެއެވެ.
15 Jul 2026
ޒުވާން ވިޔަފާރިވެރިންނަށް ރަހުނަކާ ނުލައި ލޯނު ދޫކުރާ ސްކީމެއް
ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.