ހައުސިންގ މިނިސްޓަރ އަސްލަމް އަދި ސްޓޭޓް މިނިސްޓަރ އަކްރަލް ކަމާލުއްދީން
ހަބަރު
29 Jun 2023 | 15:57
ހިލޭ ދޭ ބިން ލިސްޓުގައި މިހާތަނަށް 10 ބިދޭސީން

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހުޅުވާލި "ބިންވެރިޔާ ސްކީމް" ގެ ވަގުތީ ލިސްޓުގައި މަދު ވެގެން 10 ބިދޭސީންގެ ނަން ހިމެނޭ ކަން ހާމަ ވެއްޖެއެވެ.

އެގޮތުން ތިރީގައިވާ ތާވަލުގައި ހިމެނޭ 10 ފަރާތަކީ މިދިޔަ ހޯމަ ދުވަހު ޕްލޭނިންގ މިނިސްޓްރީއިން އާންމު ކުރި ލިސްޓުގައި ހިމެނޭ 10 ބިދޭސީންނެވެ.

ވަގުތީ ލިސްޓުގައި ހިމެނިފައިވާ ބައެއް ބިދޭސީން

ލިސްޓު އާންމު ކުރިއިރު ލިސްޓުގައި ބިދޭސީއެއްގެ ނަން ހިމެނިފައިވާކަން އެންމެ ފުރަތަމަ ހާމަވެފައިވަނީ މއ. މަލިކުވިއު، ހަބީބު ރަހިމާން މުހައްމަދު ހަނީފާ ނަމަކަށް ކިޔާ މީހަކު ލިސްޓުގައި އޮތުމުންނެވެ. އޭނާ ވަނީ ޝަރުތުހަމަވާ، އިތުރު މީހަކާ ޖޮއިންވުމުން ގޯތި ލިބުމުގެ ފުރުސަތު ލިބޭ ބައިގައި ހިމެނިފައެވެ.

އެހެންނަމަވެސް، ހަބީބުގެ ނަން ލިސްޓުގައި އޮތީ އޮޅުމަކުން ކަމަށާ، ދާއިމީ ލިސްޓު އާންމު ކުރާއިރު އެކަންކަން އިސްލާހު ކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހަބީބުގެ އިތުރުން މި ލިސްްޓުގައި ހިމެނޭ މުހައްމަދު ނަޒީރު އަކީ ގިނަ ވިޔަފާރިތަކެއް ހިންގާ މީހެކެވެ. އެގޮތުން، އޭނާގެ ނަމުގައި ޕެރަމައުންޓް ހޮޓެލް އާއި، އަލީ ނަޒީރު ކޮންސްޓްރަކްޝަން އާއި, ނިޔު ސަމުދުރާ ސްޕާ އާއި، ޕްލާޒާ ރެޑް އެޕަލް ނަމަކަށް ކިޔާ ވިޔަފާރިތަކެއް އަންނަނީ ހިންގަމުންނެވެ. 

މުހައްމަދު ނަޒީރު، ރާއްޖޭގެ ރަށްވެއްސެއްގެ ގޮތުގައި މިހާރު ހުއްޓަސް، އޭނާ އަކީ ދިވެއްސަކާއި އިނދެގެން އުޅޭ އިންޑިއާއަށް ނިސްބަތްވާ މީހެއްކަން "ވޮއިސް" އަށް ވަނީ ކަށަވަރުވެފައެވެ. 

ގޯތި ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ދެއްވި ނަމަވެސް، ލިސްޓަށް ބަލާއިރު އެއީ ވަކި ފަރާތުން އަންގައިގެން ތައްޔާރުކޮށްފައިވާ، ލިސްޓެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.