ރައީސް ޞާލިހު އާއި މޫސާ މަނިކު
ހަބަރު
29 Jun 2023 | 14:00
މާލޭ މީހުނަށް ގޯތި ލިބުމަކީ 50 އަހަރު އެމީހުން ކުރި ދުޢާ: ރީކޯ މޫސާ

މާލޭ މީހުނަށް ގޯތި ލިބުމަކީ 50 އަހަރު އެމީހުން ކުރި ދުޢާއެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހުޅުވާލި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މިލިސްޓުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންނާއި ބިދޭސީން ހިމެނުމުގެ ސަބަބުން ސަރުކާރަށް ވަނީ އާންމުންގެ ފާޑު ކިޔުން އަމާޒު ވެފައެވެ.

މިކަމާއި ގުޅިގެން ސަރުކާރަށް ސަނާ ކިޔުމުގައި މިހާރު އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ ރީކޯ މޫސާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލޭ މީހުނަށް ގޯތި ލިބުމަކީ 50 އަހަރު އެމީހުންކުރި ދުޢާއެއް ކަމަށެވެ.

އަދި މިކަން ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ފެއްޓެވި މަސައްކަތުގެ ދަށުން އެތައް ހާސްބަޔަކަށް ގޯތި ޔަޤީންވެފައިވާ ކަމަށެވެ.

އެހެންނަމަވެސް މާލޭ މީހުންގެ މިއުފަލުގައި ބައިވެރިވުމުގެ ބަދަލުގައި މަދުބައެއްގެ ފިތުނައިގެ ހުޅުގަނޑު ދިޔައީ ފަޅައިގެން ކަމަށް ރީކޯ މޫސާ ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭ އުސޫލާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހައުސިންގ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި މީހުންގެ ތެރެއިން 19،857 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

މި ލިސްޓުގައި ބިދޭސީއަކު ހިމެނިފައިވާކަން އާންމުންގެ ސަމާލު ކަމަށް އައިސްފައިވަނީ އެލިސްޓުގައި ހަބީބު ރަހިމާން މުހައްމަދު ހަނީފާ ކިޔާ މީހަކު އޮތުމުގެ ސަބަބުންނެވެ. އޭނާ ވަނީ ޝަރުތު ހަމަވާ، އިތުރު މީހަކާ ޖޮއިންވުމުން ގޯތި ލިބުމުގެ ފުރުސަތު ލިބޭ ބައިގައި ހިމެނިފައެވެ.

އެހެންނަމަވެސް ހަބީބުގެ ނަން ލިސްޓުގައި އޮތީ އޮޅުމަކުން ކަމަށާ، ދާއިމީ ލިސްޓު އާންމު ކުރާއިރު އެކަންކަން އިސްލާހު ކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހަބީބުގެ އިތުރުންވެސް މުހައްމަދު ނަޒީރު ކިޔާ ބިދޭސީއަކު މި ލިސްޓުގައި ވަނީ ހިމެނިފައެވެ.

މުހައްމަދު ނަޒީރު އަކީ ގިނަ ވިޔަފާރިތަކެއް ހިންގާ މީހެކެވެ. އެގޮތުން، އޭނާގެ ނަމުގައި ޕެރަމައުންޓް ހޮޓެލް އާއި، އަލީ ނަޒީރު ކޮންސްޓްރަކްޝަން އާއި, ނިޔު ސަމުދުރާ ސްޕާ އާއި، ޕްލާޒާ ރެޑް އެޕަލް ނަމަކަށް ކިޔާ ވިޔަފާރިތަކެއް އަންނަނީ ހިންގަމުންނެވެ. 

މުހައްމަދު ނަޒީރު، ރާއްޖޭގެ ރަށްވެއްސެއްގެ ގޮތުގައި މިހާރު ހުއްޓަސް، އޭނާ އަކީ ދިވެއްސަކާއި އިނދެގެން އުޅޭ އިންޑިއާއަށް ނިސްބަތްވާ މީހެއްކަން "ވޮއިސް" އަށް ވަނީ ކަށަވަރުވެފައެވެ. 

ގޯތި ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ދެއްވި ނަމަވެސް، ލިސްޓަށް ބަލާއިރު އެއީ ވަކި ފަރާތުން އަންގައިގެން ތައްޔާރުކޮށްފައިވާ، ލިސްޓެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުން ނެވެ. 

ކޮމެންޓް
ޖިހާދު
ރީކޯ ކަލެއަކީ ހިހޫތަނުން އަބަދުވެސް ކާމީހެއް. ކަރުގައަޅާނުގަނޭދޯ
29 Jun 2023
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.