ރައީސް އޮފީހުގައި ކުރިއަށް ގެންދެވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހަބަރު
29 Jun 2023 | 21:58
ބިދޭސީ 10 މީހުން ހިމެނޭ ގޯތި ލިސްޓް: އަކްރަމް ރައްދު ދެއްވައިފި

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހުޅުވާލި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ތެރޭގައި 10 ބިދޭސީން ހިމެނޭ ކަމަށް މީސް މީޑީއާ އާންމުވެ، ސަރުކާރަށް އަމާޒު ވަމުންދާ ފާޑު ކިޔުމަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރައްދު ދެއްވާފިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މި ލިސްޓުގައި ބިދޭސީން ހިމެނިފައިވާކަން އާންމުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ އައިސްފައިވަނީ އެލިސްޓުގައި ހަބީބު ރަހިމާން މުހައްމަދު ހަނީފާ ކިޔާ މީހަކު އޮތުމުގެ ސަބަބުންނެވެ. އޭނާ ވަނީ ޝަރުތު ހަމަވާ، އިތުރު މީހަކާ ޖޮއިންވުމުން ގޯތި ލިބުމުގެ ފުރުސަތު ލިބޭ ބައިގައި ހިމެނިފައެވެ.

އެހެންނަމަވެސް ހަބީބުގެ ނަން ލިސްޓުގައި އޮތީ އޮޅުމަކުން ކަމަށާ، ދާއިމީ ލިސްޓު އާންމު ކުރާއިރު އެކަންކަން އިސްލާހު ކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން އޭރު ވަނީ ބުނެފަ އެވެ.

މިއަށްފަހު ހަބީބުގެ އިތުރުން މުހައްމަދު ނަޒީރު ކިޔާ ބިދޭސީއަކާއި އިތުރު 8 މީހަކު ހިމެނޭ ލިސްޓެއް މީސް މީޑީއާގައި ވަނީ އާންމު ވެފައެވެ. އަދި މިކަމުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒު ވެފައެވެ.

10 ބިދޭސީން ހިމެނޭ ލިސްޓު

މިކަމަށް ރައްދު ދެއްވާ އަކްރަމް ކަމާލުއްދީން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ ރަގަޅު ވާހަކައެއް ނޫން ކަމަށާއި މި ލިސްޓުގައިވާ 10 މީހުންގެ ތެރެއިން ވަގުތީ ލިސްޓް ގައި ވަނީ ކުރިންވެސް ފާހަގަ ކުރެވުނު 3 މީހުން ކަމަށެވެ.

މިއާއިއެކު ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކީ މިހެން ހުރި ކަންތައްތައް ދެނެގަނެ އިސްލާހު ކުރުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަދި ދާއިމީ ލިސްޓް ނުކުންނާނީ އެކަންކަން ބެލި ރަގަޅު ކުރެވިގެން ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ކޮމެންޓް
ޢާއިޝަތު ޚަލީލް
އެއްވެސް މީހަކު ނުވިސްނައިދޯ، ދިވެހި އައިޑީކާޑު ހަދައިދީފައިވަނީ އިންޑިއާގެ ކިތައް ރޯ އެޖެންޓުންނަށް ކަމެއް. އިންޑިއާ މީހުންގެ ވޯޓުން އިންތިޚާބު ވަގަށް ނަގާން ހިންގާ ޖަރީމާއެއް.
30 Jun 2023
ހަމިއްޓޭ
ތިކޮމިޓީއެތިބީ އިންޑިޔާ މީހުންނާއި ހިތާވެގެން ގުއި ކައިފަ ތިބި މީހުން. އެހެންވީ ތިމީހުން އެލިސްޓް އަކުން ބޭރެއް ނުކުރާނެ.
30 Jun 2023
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.