ކުޅުދުއްފުށީ މާލި ޕެރޭޑްގެ ތެރެއިން--ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް
ހަބަރު
30 Jun 2023 | 08:29
ކުޅުދުއްފުށީ މާލި ޕެރޭޑް، އަމީނީ މަގާއި ގުޅުވާލާފައި!

އަޟުހާ ޢީދާއި ގުޅިގެން ހދ. ކުޅުދުއްފުށީ ސިޓީ ގައި ބާއްވާ މާލި ޕެރޭޑްގައި މިފަހަރު، އަމީނީމަގުގައި ތާރު އެޅުމުގެ މަޝްރޫއުއަށް ފާޑުކިޔައިފިއެވެ.

ކުޅުދުއްފުށީ މާލި ޕެރޭޑަކީ ރާއްޖޭގައި ހުރި ގައުމީ ބޮޑެތި ބައެއް މައްސަލަތަކުގެ ސުރުހީތައް ދައްކަައިދޭ، އަދި ބައެއް "ހޫނު" ވާހަކަތަކަށް އިޝާރާތް ކޮށް، އެކަން ތަފާތު ގޮތަކަށް މީހުންގެ ސަމާލު ކަމަށް ގެންނަމުން އަންނަ ޕެރޭޑެކެވެ. މި ޕެރޭޑްގެ ފޮޓޯތަކުން ކޮންމެ އަހަރަކުވެސް ގިނަ ވާހަކަތަކެއް ކިޔައިދެ އެވެ.

އެގޮތުން މިފަހަރު މި ޕެރޭޑުގައި ހިމަނާފައިވާ އެއް ފުޅަނދުގައި ވަނީ، މިސަރުކާރުން 'ބޮޑު' މަޝްރޫޢު އަކަށް ހަދައިގެން ކުރިއަށް ގެންދާ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތެވެ. 

ކުޅުދުއްފުށީ މާލި ޕެރޭޑްގެ ތެރެއިން--ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް

"ހޭވި މަގު"ގެ ނަމުން ނަން ދީފައިވާ މި މަގު ދައްކައިދޭ ފުޅަނދުގައި އެ މަގުގެ މެދުގައި ދެ ވަޅުގަނޑު ކޮނެފައިވާ ތަން ދައްކުވައިދެއެވެ. އެ މަޝްރޫއު ހިންގާ ކަމަށް ލިޔެފައިވަނީ "ސީޑީއާރް" ކުންފުނިންނެވެ. މިއީ "އާރްޑީސީ" ގެ އަކުރުތައް ފަހަތުން ފެށިގެން ލިޔާއިރު އިންނާނެ ގޮތެވެ. މީގެ އިތުރުން، ސިމެންތި ޖަހާ މެށިނުގައި "ވަޑި ތާރު" އޭ ލިޔެ، މުޅި އެ މަޝްރޫއު އަށްވެސް ފާޑުކިޔާފައިވެއެވެ. 

ކުޅުދުއްފުށީ މާލި ޕެރޭޑްގެ ތެރެއިން--ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް

އަމީނީ މަގުގެ މަޝްރޫއުގެ އިތުރުން ވެސް، ޗާގޯސް މައްސަލައާއި, ކުޅުދުއްފުށީ ފުށް ފެކްޓްރީއެއް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ދާދިފަހުން ހިނގައިދިޔަ ކަންކަމަށް ޖޯކު ޖަހައި މަށި މާލި ޕެރޭޑުގައި ވަނީ ފުޅަނދު ހަދާފައެވެ. 

ކުޅުދުއްފުށީ މާލި ޕެރޭޑްގެ ތެރެއިން--ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް

އެގޮތުން، "ޗޯރު ވަގާއި"، މުގާބެ ނަމުގައި ހުރި ފުޅަނދުތައް ވަނީ ފެނިގެން ގޮސްފައެވެ. 

ކުޅުދުއްފުށީ މާލި ޕެރޭޑްގެ ތެރެއިން--ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލް އަތުން ޕްލޭނިންގެ މިނިސްޓްރީއަށް ނަގައި، އަލުން އެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ އޭގެ ކުރިން ހަވާލުކުރީ އަގަށްވުރެ ދެ ގުނަ ބޮޑު އަދަދަކަށް 84 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެގޮތުން، އެ މަސައްކަތް ނިމޭނެ ކަމަށް އޮތް ތާރީހަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށެވެ.

އެހެންނަމަވެސް، އެ ތާރީހަށް ނިންމޭ ގޮތް ނުވުމުން، އަލުން އަނެއްކާވެސް ސެޕްޓެމްބަރު 27 ވަނަ ދުވަހު ނިންމާ ގޮތަށް ކަނޑައަޅާފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އަމީނީމަގުގެ މަސައްކަތް ނުނިމި ދެމިގެން ދިޔުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި އެ މަގުގެ މަސައްކަތް ކުރަމުންދާ ގޮތާއި މެދު އެއްބަޔަކި ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، މުޅި އެ މަޝްރޫއު ވެގެން ގޮސްފައި މިވަނީ ގިނަ ބައެއް ޖޯކު ޖަހާ މަޝްރޫޢު އަކަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ