މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް--
ހަބަރު
30 Jun 2023 | 12:09
ހުޅުމާލެއިން ދެވެންއޮތީ 700 ގޯތި؛ އަނެއްބައި ގޯތި ދޭ ތަނެއް ރައްޔިތުންކައިރީ ބުނެބަލަ: އާޒިމް

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހުޅުވާލި "ބިންވެރިޔާ ސްކީމް" ގެ ދަށުން، ހުޅުމާލެއިން މިވަގުތު ދެވެން އޮތީ އެންމެ 700 ގޯތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެކަމާއި ގުޅިގެން މައުލޫމާތު ދެއްވުމަށް އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިންގ މިނިސްޓްރީން ވަނީ ގޯތި ލިބުމުގެ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަން އިއުލާން ކޮށްފައެވެ. 

އެކަމާއި ގުޅިގެން ޢާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ވެރިކަން ނިމެން ބާކީ އޮތީ އެންމެ 71 ދުވަސް ކަމަށެވެ. އަދި 5000 ގޯތި ބެހުމަށް ސަރުކާރުން ވައުދުވެފައިވާއިރު, އޭގެ ތެރެއިން، ހުޅުމާލެއިން ދެވެންއޮތީ އެންމެ 700 ގޯތި ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

"އަނެއް 4300 ގޯތި އޮތީ ކޮންތާކުތޯއެވެ. ސާފުކޮށް ރައްޔިތުންނަށް ބުނެދީބަލާށެވެ. ގޯތިލިބިގެން އުފަލުން ރޮވުނު ފަރާތްތައް ތިޔަ އުޅެނީ މޮޔަކޮށްލަންތޯއެވެ." އާޒިމް ވިދާޅުވި އެވެ. 

ހުޅުމާލޭގެ އިތުރުން ގޯތި ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ތަންތަނުގެ ބިން ހިއްކުމުގެ މަޝްރޫޢު ރަނގަޅަށް ނުފެށެއެވެ. ނަމަވެސް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ބިން ހިއްކުމަށް ހަމަޖެހިފައިވާ ތަންތަނުން ބިން ހިއްކައިގެން ޝަރުތު ހަމަވާ މީހުންނަށް ގޯތި ދޫކުރާނެ ކަމަށެވެ. 

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށް އެބަދޭ. ގުޅިފަޅު ހިއްކަން މަސައްކަތް، މިހާރު ބަންޑޮސް ޖަހައި، ނިމިފައި. ޑްރެޖަރ މޮބިއުލައިޒް ކޮށްފައި. ޖުލައި ފެށޭ ހިސާބުގައި ހަމަ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ބާރަށް ކުރިއަށް ދާނެ. ގޯތި ކަނޑާނެ ތަންތަން އަޅުގަނޑުމެން މެޕްގައި، ޗާޓުގައި ކުރަހާފައި ފާހަގަކޮށްފައި އެބަހުރި. ހަމައެއާއެކު، ހުޅުމާލޭގައި މިވަގުތު، އެވައިލަބަލްވާ ލޭންޑް ތަކުގެ ތެރެއިންވެސް، އަޅުގަނޑުމެން ބިން އެބަ ނަގަން. އަދި އެބައޮތް ހުޅުމާލޭގައި ތަންކޮޅެއް ހިއްކަން ވެސް. އޭގެ ތެރެއިންވެސް ކޮންމެވެސް މިންވަރެއް އަންނާނެ. އެހެންވީމާ މިވަގުތަށް އެވައިލަބަލްކޮށް ހުރި، ލޭންޑާއި، ހިއްކުމުގެ މަރުހަލާގައި، މިހާރު ހުރި ލޭންޑު ތަކާއި، އަދި އިތުރަށް ޕްލޭން ކޮށްފައި ހުރި ތަންތަނުން، އެއާއި އެކީގައި އަޅުގަނޑުމެން މިދެންނެވި، ޖޮއިން ވުމުގެ ފުރުސަތު ހުޅުވާލައިގެން, އަޅުގަނޑު މި ގަބޫލު ކުރަނީ މި 9544 ފަރާތަށް އަޅުގަނޑުމެންނަށް ބިންވެރި ކޮށްދެވޭނެއޭ." ގޯތި ދޫކުރުމާއި ގުޅޭ ގޮތުން ވޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވި އެވެ. 

ކޮމެންޓް
ވަހީދާ
ކުރެންދޫ ކަނޑުން
30 Jun 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް