އިދިކޮޅު އެއްވުމުގެ ތެރެއިން
ހަބަރު
01 Jul 2023 | 12:14
ޢީދުގެ ހަރަކާތްތަކުގައި "އިންޑިއާ އައުޓް" ޝިއާރު ބޭނުންކުރުން ސަރުކާރުން ކުށްވެރިކޮށްފި

މި އަހަރުގެ އަޟްހާ ޢީދު ހަރަކާތްތަކުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" ޝިއާރު ބޭނުންކުރުމާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ މޫނު ޖަހާފައިވާ މާސްކް ބޭނުންކުރުމުގެ އިތުރުން އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން ދޮގު މައުލޫމާތު ފެތުރާކަމަށް ބުނެ, އެކަން ދިވެހިރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުން ބަޔާނުގައި ބުނެފައިވަނީ ޢީދު ފަދަ ސުލްހަވެރި އުފާ މުނާސަބަތެއްގައި ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމުގައިވާ އިންޑިއާ އާއި އެގައުމުގެ އިސްްވެރިންނާއި މެދު އިދިކޮޅު ފަރާތްތަކުން މިފަދަ ހަޑިހުތުރު އަމަލުތައް ހިންގުމަކީ ނަފްރަތު އުފެދޭނެ ކަމެއް ކަމަށެވެ.

އަދި މިކަމަކީ އިންޑިއާއިއެކު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ކިލަނބު ކުރުމުގެ މަގުސަދުގައި އިދިކޮޅު ފަރާތްތަކުން ހިންގާ ޢަދާވާތްތެރި ހަރަކާތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

ރާއްޖެއާއި އިންޑިއާއި ދެމެދުގައި އޮންނަ ވަރުގަދަ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ދެމެދުގައި އޮންނަ ތާރީޚީ އަދި ސަގާފީ ގުޅުމަށާއި ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށް ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިއާއިއެކު އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ އަދި އެންމެ އިތުބާރު ހުރި އަވައްޓެރިޔާ ކަމަށާއި އެގައުމަކީ ރާއްޖޭގެ ރައްޔިތުންނަށް ހުރިހާ ފަރާތަކުންވެސް މެދުނުކެނޑި އެއްބާރުލުން ދިނުމުގައި ދެމި ތިބޭ ގައުމެއް ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި ދެގައުމުގެ އިސްވެރިން ގުޅުން ދެމެހެއްޓުމުގައި ސާބިތުވެ ތިބުމުގެ ސަބަބުން ޒަަމާނުއްސުރެ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަނީ އައު އުސްމިންތަކަކަށް އުފުލިފައި ކަމަށް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މި ސަރުކާރުން އިންޑިއާ ގެންގުޅޭ "ނެއިބާހުޑް ފަސްޓް ޕޮލިސީ" ގެ އަގު ވަޒަން ކުރާ ކަމަށާއި "އިންޑިއާ ފަސްޓް" ސިޔާސަތު ދަމަހައްޓައި އިންޑިއާއެކު އޮންނަ ގާތް ގުޅުން ވަރުގަދަ ކުރުމުގައި ސާބިތުވެ ތިބޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެހެންކަމުން ޒިންމާދާރުކަމާއިއެކު އަމަލުކޮށް، ރާއްޖެއިން އަވައްޓެރި ގައުމުތަކާއި، ބައިނަލްއަގުވާމީ މުޖުތަމައާއިއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ އިޙްތިރާމް ކުޑަ އަމަލުތަކާއި ދޮގު މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ރާއްޖޭގެ ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކޮށްފައެވެ.

މިފަހަރު ކުޅުދުއްފުށީގައި ބޭއްވުނު އީދު ހަރަކާތްތަކުގައި ވަނީ ސަރުކާރަށް ފާޑު އަމާޒު ކޮށްފައެވެ. އެގޮތުން އެރަށުގެ މާލި ޕެރޭޑުގައި އަމީނީ މަގުގެ މަޝްރޫއާއި، ފޯޅަވަހި މައްސަލައާއި، ކުޅުދުއްފުށީ ފުށް ފެކްޓްރީއާއި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ދާދިފަހުން ހިނގައިދިޔަ ކަންކަމަށް ޖޯކު ޖަހައި، "ޗޯރު ވަގާއި"، މުގާބެ ނަމުގައި ވަނީ ފުޅަނދު ހަދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.