އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު-+
ހަބަރު
02 Jul 2023 | 12:23
މާދަމާ، އަދީބު ރާއްޖެއިން ބޭރަށް ފުރުވާލާނެ: ވަހީދު

ކުރީގެ ނާއިބު ރައީސް އަދި އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ހުންނެވި އެކެއް ކަމުގައިވާ އަހުމަދު އަދީބު، މާދަމާ ރާއްޖެއިން ބޭރަށް ފުރުވާލާނެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. 

‏ވައްޑެ މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާތް ހިންގުމުގައި އިސްކޮށްހުންނެވި އަހުމަދު އަދީބު މާދަމާ ރާއްޖޭން ބޭރަށް ފުރުވާލާ ކަމަށް ވިދާޅުވެ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި އެފަދައިން ކަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ކެމްޕޭނު ރަސްމީކޮށް ފެށުމުގެ ކުރިން އަދީބު ފުރުވާނުލައިފިނަމަ ކޮށްލާފާނޭ ފަޟީޙަތަކުން ރެކުމަށްޓަކައި ކަމަށްވެސް ބުނާ އަޑުއިވޭ ކަމަށް ވައްޑެ ވިދާޅުވި އެވެ. 

އަދީބު ރާއްޖެ އިން ބޭރަށް ފުރުވާލަނީ ރައީސް ޞާލިހު ފަޟީހަތް ކޮށްލަފާނެތީ ކަމަށް ވައްޑެ ވިދާޅުވެފައިވާއިރު، އެ ކަމަށް ބާރުދޭ ފަދަ ވާހަކަ ތަކެއް މީގެ ކުރިން، ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ ދައްކަވާފައެވެ. 

އެގޮތުން، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން 35 މިލިއަން ރުފިޔާ އަދީބުގެ އަތުން ރައީސް ޞާލިހު ނެންގެވިކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އެކަން ހިނގައިދިޔައިރު އަލީ ވަހީދު ހުންނެވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައެވެ. 

މީގެ އިތުރުން އަދީބު ބޭރަށް ފުރުވާލަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން ލިބިފައި ހުރި ފައިސާގެ ތެރެއިން ފޮރުވާފައި ހުރި ފައިސާ ރައީސް ޞާލިހުގެ ކެންޕެއިނަށް ޚަރަދު ކުރުމަށް ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.