އަހުމަދު އަދީބު---ފޮޓޯ: އަވަސް އެމްވީ
ހަބަރު
02 Jul 2023 | 13:03
އަދީބު ފުރުވަން މިހާތަނަށް ހުއްދަ ދީފައެއް ނެތް: ކަރެކްޝަންސް

ކުރީގެ ނާއިބު ރައީސް އަދި އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ހުންނެވި އެކެއް ކަމުގައިވާ އަހުމަދު އަދީބު، މާދަމާ ރާއްޖެއިން ބޭރަށް ފުރަން އަދި މިހާތަނަށް ހުއްދަ ދީފައިނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

މިއަދު އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓްވީޓެއްގައި ވަނީ އަދީބު މާދަމާ ރާއްޖޭން ބޭރަށް ފުރުވާލާ ކަމަށް ވިދާޅުވެ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި އެފަދައިން ކަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ކެމްޕޭނު ރަސްމީކޮށް ފެށުމުގެ ކުރިން އަދީބު ފުރުވާނުލައިފިނަމަ ކޮށްލާފާނޭ ފަޟީޙަތަކުން ރެކުމަށްޓަކައި ކަމަށްވެސް ބުނާ އަޑުއިވޭ ކަމަށް ވައްޑެ ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން 'ވޮއިސް' އަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ވަގުތާއި ހަމައަށް އަދީބު ފުރުމަށް އަދި ހުއްދަ ދީފައި ނުވާ ކަމަށެވެ.

މިއާއިއެކު އެއްވެސް ހާލަތެއްގައި ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދޭކަހަލަ ހާލަތެއް މެދުވެރި ވެއްޖެނަމަ ކަރެކްޝަންސް އިން އެކަން އަންގާނެ ކަމަށްވެސް އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.

އަދީބު ރާއްޖެ އިން ބޭރަށް ފުރުވާލަނީ ރައީސް ޞާލިހު ފަޟީހަތް ކޮށްލަފާނެތީ ކަމަށް ވައްޑެ ވިދާޅުވެފައިވާއިރު، އެ ކަމަށް ބާރުދޭ ފަދަ ވާހަކަ ތަކެއް މީގެ ކުރިން، ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ ދައްކަވާފައެވެ. 

އެގޮތުން، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން 35 މިލިއަން ރުފިޔާ އަދީބުގެ އަތުން ރައީސް ޞާލިހު ނެންގެވިކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އެކަން ހިނގައިދިޔައިރު އަލީ ވަހީދު ހުންނެވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައެވެ. 

މީގެ އިތުރުން އަދީބު ބޭރަށް ފުރުވާލަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން ލިބިފައި ހުރި ފައިސާގެ ތެރެއިން ފޮރުވާފައި ހުރި ފައިސާ ރައީސް ޞާލިހުގެ ކެންޕެއިނަށް ޚަރަދު ކުރުމަށް ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.