މުޙައްމަދު ޚަލީލް ބައްދަލުވުމުގައި---ފޮޓޯ: ފޮރިން މިނިސްޓްރީ
ހަބަރު
03 Jul 2023 | 09:04
ސްވިޑެންގެ މައްސަލާގައި އޯ.އައި.ސީ.އިން ބޭއްވި ކުއްލި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގައި މުޞްޙަފް އެންދުމާއި ގުޅިގެން މިކަން އިތުރަށް ތަކުރާރު ވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯ.އައި.ސީ.ގެ އެގްޒެކެޓިވް ކޮމިޓީން ބޭއްވި އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

އެގޮތުން އޯ.އައި.ސީ. ގެ މައި މަރުކަޒުގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އޯ.އައި.ސީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް ބައިވެރިވެ ވަޑައިގަތެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި ބައްދަލުވުމުގައި ސްވިޑެންގައި މުޞްޙަފް އެންދި މައްސަލައާ ގުޅޭގޮތުން ޚަލީލު ވަނީ ތަޤްރީރު ކުރައްވާފައި ކަމަށެވެ.

އެގޮތުން އޭނާގެ ތަޤްރީރުގައި އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގައި މުޞްޙަފް އަންދައި ހިންގައިފައިވާ މި ހަޑިހުތުރު އަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަން ހާމަކުރެއްވި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އަދި މިފަދަ އިޙްތިރާމް ކުޑަ ޢަމަލު ތަކުރާރުވުމަކީވެސް މުޅި ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ދީނީ ޝުޢޫރުތަކަށް އަނިޔާވާ ކަމެއް ކަމަށާއި، ހަމައެކަނި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްޗަށް ބިނާކޮށް މިފަދަ އަމަލުތައް ހިންގުމަށް ހުއްދަ ދިނުމަކީ ބަލައިނުގަނެވޭނެ ކަމެއްކަމުގައި ޚަލީލު ފާހަގަކުރެއްވި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިއާއިއެކު އިސްލާމްދީނާ ދެކޮޅަށް ހިންގާ މިފަދަ ނަފްރަތު އުފެދޭ އަމަލުތައް ނިމުމަކަށް ގެނައުމަށްވެސް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލަމުންދާކަން ފާހަގަކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.