އެމްޓީވީ ލަވް ސޫކްލް ސީޒަން 3 ގެ ޗެންޕިއަންކަން ލަލިތް އަދި ދިވްޔާއަށް

03 Oct 2018 | 14:36

އެމްޓީވީގެ ރިއަލިޓީ ޓެލެވިޝަން ސީރީސްއެއް ކަމަށްވާ ލަވް ސޫކްލް ސީޒަން 3 ގެ ޗެންޕިއަންކަން ލަލިތް އަދި ދިވްޔާ ހޯދައިފިއެވެ.

ލަލިތާއި ދިވްޔާ ޗެންޕިއަންކަން ހޯދާފައިވަނީ ލަވް ސްކޫލް ސީޒަން 3 ގެ ފަހު އެޕސޯޑުގައި އަވީރަލްއާއި ޝާކްޝީގެ ގޯޑު އަދި އުޖްވަލްއާއި އަދިތީގެ ޖޯޑުގެ މައްޗައް ޓާސްކްތަކުން ކުރި ހޯދައިގެންނެވެ.

ލަވް ސްކޫލް ސީޒަން 3 ކާމިޔާބުކުރި ލަލިތް އަދި ދިވްޔާ ޝޯގައި ބައިވެރިވެފައިވަނީ 'ސިންގަލްސް' ގެ ގޮތުގައެވެ. އަދި ސީޒަން ފެށުންކޮޅު ދެ މީހުންވެސް ޓާސްކްތަކުގައި ވާދަކުރަމުން ގެންދިޔައީ އެހެން ބައިވެރިޔަކާއެކުގައެވެ. ނަމަވެސް ވަކި ހިސާބަކުން މި ދެ ބައިވެރިންގެ ގުޅުން ރަނގަޅުވެ ޝޯގައި އެކުގައި ކުރިއަށް ދިޔުމަށް ނިންމިއެވެ.

ދެވަނައަށް ދިޔަ ޝާކްޝީ ޝޯއާއި ގުޅިފައިވަނީ އޭނާގެ ލޯބިވެރިޔާ މޯހިތްއާއެކީގައެވެ. ނަމަވެސް ސީޒަން ފިނާލޭއަށް ވެފައި އޮއްވާ ޝާކްސީވަނީ މޯހިތް ދޫކޮށްލާ އަވީރާލްއާއި އެކު ކުރިއަށް ދިޔުމަށް ނިންމާފައެވެ. ސީޒަން ފެށުނީއްސުރެ އަވީރާލްވެސް ބުނަމުން އައީ ޝާކްޝީއަށް އޭނާގެ ހިތުގައި އަބަދުވެސް ޖާގަ އޮންނަކަމަށެވެ. އެހެންކަމުން އަވީރާލްވެސް ޝޯގައި އޭނާގެ ބައިވެރިޔާ ކްރިސްޓީނާ ދޫކޮށްލުމަށްފަހު ޝާކްޝީއާއެކު ސީޒަން ފިނާލޭގައި ކުރިއަށް ދާން ނިންމިއެވެ.

ތިންވަނަ ހޯދި އުޖްވަލް އަދި އަދިތީއަކީ ލަވް ސްކޫލް ސީޒަން 3 ގައި ބައިވެރިވި ވުމުގެ ކުރިންވެސް ދެ ލޯބިވެރިންނެވެ.

އެމްޓީވީ ލަވް ސްކޫލް ސީޒަން 3 ހުށަހަޅައި ދީފައިވަނީ ކަރަން ކުންދްރާ އަދި އަނުޝާ ދަންދޭކަރެވެ. ޝޯގެ ހުށަހަޅާއި ދިނުމުގެ އިތުރުން ބައިވެރިންގެ 'މެންޓަރ' އިންގެ ރޯލްވެސް އަދާކޮށްފައިވަނީ ކަރަން އަދި އަނޫޝާއެވެ.

އެމްޓީވީ އިން އަންނަނީ ކާމިޔާބު ރިއަލީޓީ ޝޯ ތަކެއް އާންމުންނާ ހިސާބައް ގެނެސްދެމުންނެވެ. އޭގެ ތެރޭގައި ސްޕްލިޓްސް ވިލާ، ރޯޑީސް އެކްޓްރީމް، އަދި ސުޕަރ ސްޓާ ސަލްމާން ހާން ހުށަހަޅާއިދޭ ބިގް ބޮސްވެސް ހިމެނެއެވެ.    

Advertisement

ކޮމެންޓް