އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު--
ހަބަރު
03 Jul 2023 | 11:00
"ރައީސް ޞާލިހުގެ ޢާއިލާއަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނުކަމަށް އަދީބު ބުނާ މެސެޖްތައް އެބަހުރި"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޢާއިލާގެ ބޭފުޅުންނަށް، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ މެސެޖު، މަޖިލީހުގައި އެބަހުރި ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ އެންމެ ނުފޫޒުގަދަ ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ ދެކޮޅަށް ބެލި އެމްއެމްޕީއާރުސީގެ މައްސަލަ އަށް ފަހު އޭސީސީން އިއްޔެ ވަނީ، ބުނީ އެ މައްސަލަ ތަހުގީގުކޮޑް ބެލިބެލުމުން މި މައްސަލައިގައި ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ކުށެއް ތަހުގީގަށް ސާބިތުވާ މިންވަރަށް ހެކި ގަރީނާ ނެތް ކަމަށެވެ. އެހެން ކަމުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅާ މައްސަލަ ނިންމާފައިވާ ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވައި ވައްޑެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައި ނެތްކަމަށްވެދާނެ ކަމަށެވެ.

ނަމަވެސް އެފައިސާ ލިބުނު މީހުންގެ މައްސަލަތައް ކޮބައިތޯ އެނާ ވަނީ ސުވާލު ކުރައްވައިފައެވެ.

އެގޮތުން ވައްޑެ ވިދާޅުވީ ރައީސް ބާލިހްގެ އާއިލީ ބޭފުޅުންނަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ކުރީގެ ނައިބް ރައީސް އަދީބު ބުނާ ޓެކްސްޓް މެސެޖްތަކެއްގެ ކޮޕީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވެސް އެބަހުރި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އެއިން ބައެއް ލިބުނު ކަމަށް ކިޔާ. ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ބޭފުޅުންނަށް ފައިސާ ލިބުނުކަމަށް ބުނާ އަދީބުގެ ޓެކްސްޓް މެސެޖް ކޮޕީ 241 ކޮމިޓީގައިވެސް އެބަހުރި." ވައްޑެ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން 35 މިލިއަން ރުފިޔާ އަދީބުގެ އަތުން ރައީސް ޞާލިހު ނެންގެވިކަމަށް އެކަން ހިނގި އިރު އެމްޑީޕީީގެ ޗެއާޕާސަން ގެ މަގާމުގައި ހުންނެވި، ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.