އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް/ ފޮޓޯ: ދެން
ހަބަރު
03 Jul 2023 | 13:14
ޙައްލަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިސްތިއުފާދެއްވުން: މެޖޯރިޓީ ލީޑަރު

މަޖިލީހުގައި އެޅުވިފައި އޮތް މަރުތަޅު ފިލުވާ މަޖިލީހުގެ މަސައްކަތްތައް އުސޫލާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް އޮތް ޙައްލަކީ އިތުބާރު ނެތްކަމަށް ގިނަ މެމްބަރުންތަކަކަށް ފެނިގެން، މަޤާމުތަކުން ވަކިކުރުމަށް ހުށައަޅާފައިވާ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިސްތިއުފާދެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

އަސްލަމް މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކަކަށް ފެނިގެން، އެ ދެމީހުން މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ ކަމަށެވެ. 

އޭގެ އިތުރުން ވަކި ސިޔާސީ ޕާޓީއެއް ތަމްސީލުވާ ގޮތަށް މަޖިލީހަށް ހޮވުމުން، ދައުރު ނިމުމުގެ ކުރިން ޕާޓީ ބަދަލުކުރުމަކީ ގިނަ ބަޔަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. 

ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކުން ކަންކަން ކުރާ އުސޫލަށް ބަލާއިރު ވެސް ގިނަ މެމްބަރުންތަކަކަށް ރިޔާސަތަށް އިތުބާރު ނެތްކަމަށް ފެނިގެން މައްސަލަ ހުށައެޅުމުން، އަދި ނޯ ކޮންފިޑެންސް ވޯޓާއި ހަމަޔަށް ނުދަނީސް ވެސް އިސްތިއުފާ ދިނުމުގެ އުސޫލު ގެންގުޅޭކަމަށް އަސްލަމް ވިދާޅުވި އެވެ. 

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިހާރު ހުއްޓިފައިވާ އޮތް އޮތުމަށް ނިމުމެއް އަންނާނީ އިތުބާރު ނެތްކަމަށް ގިނަ މެމްބަރުންތަކަކަށް ފެނިގެން މައްސަލަ ހުށައަޅާފައިވާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަމިއްލަފުޅަށް އިސްތިއުފާދެއްވާ މަޖިލީސް ހިންގޭނެ މަގު ފަހިކޮށްދީގެން ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

"މަޖިލީސް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ފުރިހަމަ މަގަކީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްކަމުގެ މަގާމުގައި މި ވަގުތު ތިއްބެވި ބޭފުޅުން އިތުބާރު ގެއްލިފައި ވާތީވެ މަޤާމުން ވަކިވެވަޑައިގަތުން، އަދި އިތުބާރު ނެތްކަމުގެ މައްސަލައިގައި ވެސް ވޯޓަށް ދިއުމުގެ ކުރީގައި ވެސް އަސްލު އެބޭފުޅުންނަށް އެ އިޚްތިޔާރު ލިބިގެންދޭ" 

މުޙައްމަދު އަސްލަމް 

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ލާން ޖެހުނީ ވެސް މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅޭގޮތަށް މަޖިލީސް ހިންގެވުމުގެ އިތުރުން މެމްބަރުންގެ އިމްތިޔާޒަށް އަރައިގަނެ، ހިތު ހުރިގޮތަކަށް މަޖިލީސް ހިންގަވަން ފެއްޓުމުން ކަމަށެވެ. 

އެ މައްސަލަ މަޖިލީހަށް ހުށައެޅުމާއެކު، މަޖިލީހުގައި މަރުތަޅު އަޅުވައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިތުރު ހުރަސްތައް އަޅުއްވަމުން ގެންދިއުމަކީ ރައްޔިތުންގެ މަސްލަހަތަށް އަރައިގަތުން ކަމަށާއި، ރައްޔިތުންނަށް އެންމެ ބޮޑު ގޮތަކަށް ވާނީ އިތުރަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވުމުގެ ބަދަލުގައި ނަޝީދު އިސްތިއުފާދެއްވުން ކަމަށް އަސްލަމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.