އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ/ މަޖިލިސް
ހަބަރު
03 Jul 2023 | 11:55
ރިޔާސަތުން މަޖިލިސް ދޫކޮށް "ފިލީ" އިދާރީ މޭޒުން ގޮވަގޮވާ އޮއްވައި: ޝިފާއު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން މަޖިލިސް ދޫކޮށް "ފިލާފައި"ވާ ކަމަށާ، އެފަދައިން ކަން ކުރެއްވީ އިދާރީ މޭޒުން ގޮވަގޮވާ އޮއްވައި ކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޚާއްސަ ޖަލްސާއަކީ އެކަމަށް އެދި، އެމްޑީޕީގެ 29 މެންބަރުން މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާގައި އެންމެ ފުރަތަމަ ކުރެއްވުމަށް އެންމެ އިސްކަމެއް ދެއްވުމަށް އެ މެންބަރުން އެދިލައްވާފައިވަނީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

އެހެންކަމުން، މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީވެސް، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އަށް ބަހުސް ކުރުމެވެ.

އެހެންނަމަވެސް, މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓީ، އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެޕާޓީގެ އެހެން މެންބަރެއް ޕާޓީން ވަކިވެވަޑައިގެންނެވުމާއި ގުޅިގެން މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ނިސްބަތަށް ބަދަލު އައިސްފައިވާ ކަމަށެވެ. 

އެހެންކަމުން، މެންބަރުން ހިމެނޭނެ ގޮތާއި ގުޅިގެން ކުރިން އެކުލަވައިލެވުނު ރިޕޯޓް އަށް މިވަގުތު އަމަލު ކުރެވެން ނެތް ކަމަށާ، އަލުން އެ ރިޕޯޓް އެކުލަވައިލަންޖެހޭ ކަމަށްވެސް އަފީފު ވިދާޅުވި އެވެ. ވުމާއެކު މިއަދު ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މިހާރު އަނެއްކާވެސް ތަމްސީލުކުރާ ގޮތަށް ބަދަލެއް އައިސްފައި މިވަނީ. އެއީ އެމްޑީޕީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު، މުހައްމަދު ނަޝީދު އާއި، އަދި އައްޑު އަތޮޅު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، ވަކިވެވަޑައިގެންފައި ވާތީވެ، މިހާރު އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ ދަށްވެފައި. އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ އަދަދު ވަނީ އިތުރުވެފަ. އެހެންވީމާ، މި ބަދަލާއި އެކުގައި މި ރިޕޯޓް ޖެހޭނީ އަލުން މެންބަރުންނަށް ސަކިއުލޭޓް ކުރަން. އެހެންވީމާ މިއަދުގެ ޖަލްސާއެއް މިއަދު ކުރިއަށް ގެންދެވެން ނެތް، ސާކިއުލޭޓް ކޮށްފައި، އެއަށް އަނެއްކާ މެންބަރުން އިސްލާހު ހުށަހެޅުމާއި ގުޅިގެން ނޫނީ. 

ހަސަން އަފީފު 

މިކަމާއި ގުޅިގެން ޝިފާއު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ،  އިދާރީ މޭޒުން ގޮވަގޮވާ އޮއްވައި ރިޔާސަތުން މަޖިލިސްދޫކޮށް "ފިލާފައި"ވާ ކަމަށެވެ. އަދި އެފަދައިން ކަން ކުރެއްވީ އެމްޑީޕީ ގެ މެމްބަރުން ހަމަޔަށް މަޖިލީހަށް ހާޒިރުވެފައޮތްތަންފެނި ކަމަށްވެސް ވިދާޅުވި އެވެ. 

މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 54 އެކެވެ. އަދި ޕީޕީއެމްގެ 5 މެންބަރުން ތިބި އިރު ޕީއެންސީގެ ތިބީ 3 މެންބަރުންނެވެ. އަދި އެމްއެންޕީގެ 3 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން އަދި އެމްޑީއޭގެވެސް ތިބީ ދެ މެންބަރުންނެވެ. މަޖިލީހުގެ މައިނޯރިޓީ އަށް މިވަގުތު ތިބީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންނެވެ. އެގޮތުން، އޭގެ ތެރޭގައި 18 މެންބަރުން ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.