އަރަބިއްޔާ ސްކޫލްގެ ޕީޓީއޭއާއި އޭޕީއާއި ބައްދަލުކުރުމުގެ ތެރެއިން
ހަބަރު
03 Jul 2023 | 17:06
އަރަބިއްޔާ މައްސަލާގައި އެޑިއުކޭޝަންއާއި ބައްދަލުކުރަން އޭޕީއިން ކުރި މަސައްކަތް ނާކާމިޔާބު ކަމަށް ބުނެފި!

އަރަބިއްޔާ ސްކޫލްގެ ބިމުގެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އާއި ބައްދަލުކުރަން އަދާލަތު ޕާޓީ (އޭޕީ) އިން 7 މަސްދުވަސް ވަންދެން ކުރި މަސައްކަތް ނާކާމިޔާބު ކަމަށް އެ ޕާޓީއިން ބުނެފައިވާ އެ ސުކޫލު ބެލެނިވެރިން ބުނެފިއެވެ. 

އެގޮތުން މިއަދު އަރަބިއްޔާ ސްކޫލް ބެލެނިވެރިން ހިންގާ ޓުވިޓާ އެކައުންޓުން ކުރި ޓްވީޓުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ސްކޫލްގެ ބިމުގެ މައްސަލާގައި އޭޕީގެ ފަރާތުން ކުރެވެން ހުރި ކަންކަން ބެލުމަށްޓަކައި ބޭއްވުނު ބައްދަލުވުމުގައި އެއްބަސް ވެވުނު އެއްކަމަކީ އޭޕީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި އެ ޕާޓީއިން ބައްދަލުކޮށް އައު އިމާރާތުގެ މަސައްކަތް ފެށުމަށް ބާރު އެޅުން ކަމަށެވެ.

އެހެންނަމަވެސް އޭގެ ފަހުން މިކަމުގެ އަޕްޑޭޓް ހޯދަން އޭޕީއާއިއެކު މިދިޔަ މަހުގެ 14 ގައި ބޭއްވުނު ބައްދަލުވުމުގައި އެ ޕާޓީއިން ބުނެފައިވަނީ އޭރުއްސުރެ މިއަދާއި ހަމަޔަށް، 7 މަސްދުވަސް ވީއިރުވެސް ސަރުކާރު ތެރެއިން އެޑިއުކޭޝަން މިނިސްޓަރ އާއި ބައްދަލުކުރަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ވެފައި ނުވާ ކަމަށެވެ.

އަރަބިއްޔާ ސުކޫލުގެ އިމާރާތް މަރާމާތުނުކުރެވި ގިނަ ދުވަސްތަކެއް ވެގެންދިއުމާއި ގުޅިގެން އެ ސުލޫކުގެ އިމާރާތް މަރާމާތުނުކޮށް ކިޔަވައިދެމުން ދިއުމަކީ ދަރިވަރުންނަށް ރައްކާތެރިގޮތެއް ކަމަށް ނުފެންނާނީ ބެލެނިވެރިން މުޒާހަރާކޮށްގެން ކުދިން ވަނީ ވަގުތީ އިމާރާތަކަށް ބަދަލުކޮށްފަ އެވެ. އަދި ސުކޫލުގެ ދާއިމީ އިމާރާތް މި ދައުރުގައި ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެގޮތުން 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އިމާރާތް ބޭނުން ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު އަދިވެސް އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ނުފެށެއެވެ. އަރަބިއްޔާ ދަރިވަރުން މިހާރު ކިޔަވަނީ ކުރީން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ. އާ އަހަރަށް އެ ކުދީން ކިޔަވަން ދާން ޖެހެނީ ދަރުމަވަންތަ ސުކޫލު ވަގުތީ ގޮތުން ހިންގި އިމާރާތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.