މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން މެންބަރު ނިހާދު--ފޮޓޯ/ މަޖިލިސް
ހަބަރު
04 Jul 2023 | 17:02
"ޑިމޮކްރެޓްސް ގެ މަޖިލިސް މެންބަރުން ތިބެނީ ބިސްމި ކިޔަން ލަދުން؛ ގިނަ ދުވަހު ނުވެސް ކިޔާ"

އެމްޑީޕީން ކެނޑިގެން، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އައު ޕާޓީ އުފެއްދެވި މަޖިލިސް މެންބަރުން، ކޮމިޓީތައް ފެއްޓެވުމުގެ ގޮތުން ބިސްމި ކިޔަން ލަދުން ތިއްބަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ. 

ނިހާދު މިހެން ވިދާޅުވެފައި ވަނީ، ޑިމޮކްރެޓްސް އުފައްދާ ޖަލްސާއަށް ދައުވަތު އަރުވައި، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، މީސްމީޑިއާގައި އާއްމު ކުރެއްވި ލިޔުމުގައި ބިސްމި ނެތުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން ނިހާދު ވިދާޅުވީ، އެ ދައުވަތު އެރުވި ލިޔުމުގައި ބިސްމި ނެތުމުންވެސް އެ ޕާޓީގެ އަސްލު ސިފަ ހާމަވަމުންދާ ކަމަށެވެ. 

ނިހާދު ވިދާޅުވީ ޑިމޮކްރެޓްސް ގެ މަޖިލިސް މެންބަރުންނަކީ ބިސްމި ކިޔަން ލަދު ގަންނަ ބައެއް ކަމަށެވެ. އެހެން ކަމުން އެފަދަ ބަޔަކު ބިސްމި ނުވެސް ލިޔާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ބިސްމި ކިޔަން ލަދު ގަންނަ ބަޔަކު، އަމުދަކުން ބިސްމި ނުވެސް ލިޔާނެ ދޯ؟ ކޮމިޓީތައް ފަށާއިރު މި މީސްމީހުން (ޑިމޮކްރެޓްސް މަޖިލިސް މެންބަރުން) ތިބޭނީ ބިސްމި ކިޔަން ލަދުން. އަދި ގިނަ ދުވަހު ނުކިޔާނެ. 

މުހައްމަދު ނިހާދު

ނިހާދު އިތުރަށް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުންތައް ބަންގީގެ ވަގުތައް ހުއްޓާލަންވެސް ޑިމޮކްރެޓްސް މެންބަރުން ބޭނުން ނުވާ ކަމަށެވެ. އަދި އެ ހުރިހާ ކަމެއް، ކޮމިޓީތައް އަޑު އަހާލުމުން އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
މާމަ
އަަގަހަކުން ކެއޮނިރެއް ނުފަޅާނެ. ކުދިންނޭ
04 Jul 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.