ފަހުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހަބަރު
05 Jul 2023 | 14:47
ދަރިވަރުންގެ ސެޓްފިކެޓްތައް ރައްކާތެރިކަމާއިއެކު ސެންޓަރުތަކަށް ފޮނުވުމަށް އެމްޕީއެލް ހަމަޖައްސައިފި

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ) އިން ރާވާ ހިންގާ އިމްތިހާންތަކުގައި ބައިވެރިވާ ދަރިވަރުންގެ ސެޓްފިކެޓްތައް ރައްކާތެރިކަމާއިއެކު އަތޮޅުތެރޭގެ ސެންޓަރުތަކަށް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އާއި ދެމެދު ފަހުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުނާމާގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން އަދި އެމްޕީއެލްގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަންއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މީގެ ކުރިން ކޮންމެ އިމްތިހާނެއް ނިމި، ސެޓްފިކެޓްތައް ޑީޕީއީއަށް ލިބުމުން ސެންޓަރުތަކުން ހަވާލުވުމަށް އަންގާ، ކޮންމެ ސެންޓަރަކުންވެސް ސެޓްފިކެޓްތަކާ ޙަވާލުވާނޭ މީހަކު ޑީޕީއީ އަށް ފޮނުވާ ކަމަށެވެ.

އެހެންނަމަވެސް އިތުބާރުކުރެވޭ ފަރާތެއް ސެޓްފިކެޓްތަކާ ހަވާލުވުމަށް ފޮނުވަން ދަތިވުމާއި، ބައެއް ފަހަރު ހަވާލުވާ ފަރާތުގެ އިހުމާލުން ސެޓްފިކެޓްތައް ސެންޓަރުތަކާއި ހަމައަށް ނުގޮސް ގެއްލިފައި އެބަހުރި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިއާއިއެކު އަތޮޅުތެރޭގެ ދަތުރުފަތުރުގެ ކަންކަން ހުންނަގޮތުން މާލެއިން އެ ސެންޓަރުތަކަށް ސެޓްފިކެޓް ނުގެންދެވި ގިނަ ދުވަސް ވެގެން ދިޔުމުގެ ސަބަބުން އަވަހަށް ސެޓްފިކެޓް ބޭނުންވާ ދަރިވަރުންނަށް ސެޓްފިކެޓް ލިބުން ލަސްވެ، ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓް ފޮނުވަން ފެށުމާއެކު، ޑީޕީއީއަށް ސެޓްފިކެޓް ލިބޭތާ ގިނަވެގެން 20 ދުވަހުގެ ތެރޭގައި ސެންޓަރުތަކާއި ހަވާލުކުރެވި ރައްކާތެރިކަމާއިއެކު ވީހާވެސް އަވަހަށް ދަރިވަރުންނަށް ސެޓްފިކެޓްތައް ހަވާލުކުރެވޭކަން ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jun 2026
ދިވެހި ހާޖިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ
ދިވެހި ހައްޖުވެރީން މާލެ އަންނާނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ޙައްޖުވެރީންގެ ދެވަނަ ގުރޫޕް އަންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އަދި ހޯމަ ދުވަހާއި އަންގާރަ ދުވަހުވެސް އަންނާނެ އެވެ.
05 Jun 2026
ކުރީގެ އަނބިމީހާ ވިއްކާލާނެ ކަަމަށް ބުނެ އިންޒާރުދިން މައްސަލައެއް: ތުހުމަތުގައި ބުރަދަނެއް ނެތް
ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
05 Jun 2026
ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި
މީކާއީލް އިންތިހާބު ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.
05 Jun 2026
އައްޑޫ ސިޓީގެ ހުރިހާ އުމްރާނީ ތަރައްޤީއަކީ އެމްޑީޕީގެ އެއްޗެއް: ނަޝީދު
އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް ކަމަށާ، އިތުރު އެއްވެސް ސަރުކާރަކުން އައްޑޫގެ ތަރައްގީއަށް ކަމެއް ކޮށްދީފައި ނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
05 Jun 2026
އަނބިމީހާ ކޮޓަރިއެެއްގައި ބަންދުކޮށް، ހަށިވިއްކުވި މައްސަލައެއް
އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
05 Jun 2026
ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ ރައީސް ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އަންގާފައިވެ އެވެ.
05 Jun 2026
މިއަހަރު ރައީސް މުޢިއްޒު އިސްތިއުފާދެއްވަން ޖެހޭނެ: ޞާލިޙް
މިއަހަރު ނިމުމުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Jun 2026
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް
ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖުތިމާޢީ އަދި ދީނީ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.