ހަބަރު
06 Jul 2023 | 09:06
ރައީސް ނަޝީދު ރައީސް ޔާމީނަށް: ދެމީހުންވެސް ކުރިމަތިނުލައި އެކުގައި މަސައްކަތް ކުރާނެ ގޮތެއް ހޯދަންޖެހޭ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިނުލައި ދެބޭފުޅުން އެކުގައި ބާރަށް މަސައްކަތް ކުރުމަށް ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު މިހެން އެދިވަޑައިގެންފަިއވަނީ މިރޭ 'ދަ ޑިމޮކްރަޓްސް' ޕާޓީ އުފެއްދުމަށް ޢިޔާސުއްދީން ސުކޫލްގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް ޕީއެންސީ ކޯލިޝަން، އެމްއެމްޕީ، އެމްއާރްއެމް އަދި ޖުމްހޫރީ ޕާޓީ ބޭފުޅުންގެ އަރިހުގައި ރާއްޖޭގެ ރައްޔިތުން އެދި ގޮވާ ކަމެއް އޮތް ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން އެބަ ބުނޭ ވަރަށް ސާފު ބަހުން މިގޮތް ކަމުނުދާ ކަމަށް. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ކަމުނުދާ ކަމަށް." ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ހުރިހާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މަސްއޫލިއްޔަތަކީ މިކަމަށް ގޮތެއް ހޯދައިދިނުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސިޔާސީ ލީޑަރުންގެ ގޮޮތުގައި، ސިޔާސީ ޕާޓީތައް އުފައްދައިގެން ތިބި މީހުންގެ ގޮތުގައި އަޅުގަނޑުމެން ފެލެނީ ނަމަ، ބުނަނީ ނަމަ، އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އަޅުގަނޑުމެންގެ ވާޖިބެއް އެބަ އޮތް. އަޅުގަނޑުވެސް ގޮތްދޫކުރުން. ޕީޕީއެމް ޕީއެންސީ ވެސް އެހެން ޕާޓީތައްވެސް ގޮތް ދޫކުރުން." ނަޝީދު ވިދާޅުވިއެވެ.

މިއާއިއެކު ގޮތްދޫކޮށް މޭޒެއްގެ ދަށުގައި އިށީނދެ އެހެން ވާދަވެރި ޕާޓީތަކާއި އެކީގައި މަޝްވަރާކޮށް ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ގޮތް ހޯދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ރައީސް ޔާމީނަށް މުުޚާތަބު ކުރައްވާ އެމަނިކުފާނު ޖަލުގައި ހުންނެވުމަކީ ރުހޭ ކަމެއް ނޫން ކަމަށް ފާހަގަކުރައްވާ ނަޝީދު ވަނީ ޚިދުމަތްތެރި ބޭފުޅެއްގެ ގޮތުގައި ރައީސް ޔާމިން ސިފަކުރައްވާފައެވެ.

އަދި ރިޔާސީ އިންތިޚާބުގައި ދެމީހުންވެސް ކުރިމަތިނުލައި އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މިރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ދެމީހުންވެސް ކުރިމަތިނުލާ، އަޅުގަނޑުމެން ދެމީހުން އެކުގައި ބާރަށް މަސައްކަތް ކޮށްގެން ރާއްޖޭގެ ރައްޔިތުން މިއެދޭ ގޮތް އަޅުގަނޑޫމެން ހޯދައިދޭންވީ." ނަޝީދުގެ ވާހަކަފުޅު ނިންމާލަމުން ވިދާޅުވިއެވެ.

ކޮމެންޓް
ދަނޑިޑިމޮކްރަސީ
ބުރިޖް އޯކޭ އޭ ވަކަން އޯކޭއެއްނޫނޭ ދެން ދިޔަގޮވަނީ ޖަލުން ނެރޭށޭ ވަކަން ކުރާމީހާ.
06 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.