ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ހަބަރު
05 Jul 2023 | 23:32
ރައީސް ޔާމިން ޖަލުގައި އޮތުމަކީ ރުހޭ ކަމެއް ނޫން، އެމަނިކުފާނަކީ އެތައް ޚިދުމަތެއް ކުރެއްވި ބޭފުޅެއް: ނަޝީދު

އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖަލުގައި އޮތުމަކީ އެއްވެސް އިރެއްގައި ރުހުނު ކަމެއް ނޫން ކަމަށާއި، އެމަނިކުފާނަކީ އެތައް ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް މިރޭ ޢިޔާސުއްދީން ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ރައްޔިތުންގެ ގިނަ މީހުން ގޮތެއް ނުނިންމާ ތިބި ކަމަށް ދައްކާ ކަމަށެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަންނަވަނީ 15 ޕަސެންޓް އޭ. އަޅުގަނޑަށް ލިބެނީ 6 ޕަސެންޓް އޭ. ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަނީ 18 ޕަސެންޓް އޭ. ރާއްޖޭގެ 55 ޕަސެންޓް ގެ ރައްޔިތުން ތިބީ ގޮތެއް ނުނިންމައޭ." ނަޝީދު ވިދާޅުވިއެވެ.

މިއާއިއެކު ރައްޔިތުން ގޮތެއް ނުނިންމާ އެތިބެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ދެވަނަ ދައުރެއްގެ ވާހަކަފުޅު ދައްކާވާއިރުކަން އެމަނިކުފާނަށް އިނގިވަޑައިންނަވާނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

އަދި ރައީސް ޔާމީނު ޖަލުގައި ހުންނެވި ނަމަވެސް އެމަނިކުފާނަށް 18 އިންސައްތަ ވޯޓު ލިބިވަޑައިގަންނަވާ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

"އެއްވެސް އިރެއްގައި ރުހުނު ކަމެއްނޫން އެއްވެސް މީހަކު ޖަލުގައި އޮތުން އެއީ. ރައީސް ޔާމީނަކީ މިދިޔަ ފަސް އަހަރު ރާއްޖޭގެ ރައީސްކަން ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ދައުލަތުގެ ވަޒީރުކަމާއި، މައްޗަންގޯޅީގެ ވެރިކަމާއި، މިހެން މިހެން ގޮސް އެތައް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް." ނަޝީދު ވިދާޅުވިއެވެ.

މިއާއިއެކު ނަޝީދުގެ ވާހަކަފުޅު ނިންމާލައްވަމުން ވަނީ މި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއި ރައީސް ޔާމީން ކުރިމަތިނުލައްވައި ދެމީހުންއެކުގައި ބާރަށް މަސައްކަތް ކޮށްގެން ރާއްޖޭގެ ރައްޔިތުން އެދޭ ގޮތް ހޯދައިދޭން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް
މަސްދަރު
ވަރަށް ވާހަކަ މީ
06 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.