ފޮޓޯ: ސުޕްރީމް ކޯޓް
ހަބަރު
06 Jul 2023 | 21:21
ސުޕްރީމް ކޯޓުން ފާއިތުވި އަހަރުތަކުގެ ޝަރީޢަތްތަކުގެ އޯޑިއޯ އާންމުކުރަން ފަށައިފި

ސުޕްރީމް ކޯޓުން ފާއިތުވި އަހަރުތަކުގެ ޝަރީޢަތްތަކުގެ އޯޑިއޯ އާންމުކުރަން ފަށައިފިއެވެ.

އެގޮތުން ސްްޕްރީމް ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކޯޓުގައި ހިންގޭ ޝަރީޢަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޝަރީޢަތްތަކުގެ އޯޑިއޯ ފައިލް، 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން، ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާއްމުކުރަންވަނީ ފެށިފައި ކަމަށެވެ.

އަދި މިކަން މިހެން ކުރިއަށް ގެންދަނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ބޭއްވޭ ޝަރީޢަތުގެ މަޖިލީހުގައި އަނގަބުން ދެކެވޭ ވާހަކަތަކަކީ ރެކޯޑްކުރެވި ބެލެހެއްޓެމުންދާ ރެކޯޑްތަކެއްކަމަށްވެފައި، ސުޕްރީމް ކޯޓުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކައި، އަދި މައްސަލައިގެ ހަސްމުންނަށް ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އަޑުއެހުންތައް އަޑުއެހުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މިއާއިއެކު 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސުޕްރީމް ކޯޓުގައި ބޭއްވޭ ޝަރީޢަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ބޭއްވޭ ޝަރީޢަތްތައް ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރެވި، އެ އަޑުއެހުންތަކުގެ ރެކޯޑިންގ ދަނީ ޔޫޓިއުބް ޗެނައިލްގައި އާކައިވްކުރެވެމުން ކަމަށް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން 2008 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުގައި އާއްމުކޮށް ހުޅުވާލައިގެން ބޭއްވިފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ފައިލްތައް ޔޫޓިއުބް ޗެނައިލްގައި އާއްމުކޮށް ފެންނާނޭހެން އާކައިވްކުރުމަށް ސުޕްރީމް ކޯޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 2008، 2009 އަދި 2010 ވަނަ އަހަރު ހިނގާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް މިހާރުވަނީ ޔޫޓިއުބް ޗެނަލްފައި އާއްމުކުރެވިފައި ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

އަދި، 2011 އިން ފެށިގެން 2020 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އާއްމުކޮށް ހުޅުވާލައިގެން ހިންގާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް ޔޫޓިބު ޗެނަލްގައި އާއްމުކުރުމުގެ މަސައްކަތްދަނީ ކުރެވެމުން ކަމަށް އެކޯޓުން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Jul 2026
ޕީއެސްއިންނާއި އެސްޖީންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ
ސަރުކާރުގެ ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ދެމުންދާ މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.
22 Jul 2026
ހުދުކޫޑި ކޮންޓްރޯލުކުރުމަށް ރުއްތަކަށް ބޭސްލުމުގެ ޕްރޮގުރާމެއް ފަށައިފި
މިއީ ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިންގް (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑު ޕަކެޓް ބޭނުންކޮށްގެން ކުރެވުނު މަސައްކަތެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
22 Jul 2026
ބީއެމްއެލްގެ 'އާޔާ' އަށް އައު ބަދަލުތަކެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕާއި އިންޓަރނެޓް ބޭންކިންގެ ޒަރީޢާއިން ޚިދުމަތްތަކަށް އެދޭ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޗެޓް އެސިސްޓެންޓް 'އާޔާ' ގެ ޤާބިލުކަން އިތުރުކުރަން ފަށައިފިއެވެ.
22 Jul 2026
އާސަންދައިގެ ބަޖެޓުން 60 އިންސައްތައަށް ވުރެ ބޮޑު ބައެއް ފާމަސީތަކަށް
މިދިޔަ އަހަރު އާސަންދަ ސްކީމުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގީ ފާމަސީތަކުގެ ބިލްތައް ދެއްކުމަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
22 Jul 2026
ނަތަންޔާހޫ ހައްޔަރުކުރުމުގެ ގާނޫނީ ބާރު ނިއުޔޯކް ސިޓީއަށް ނެތް
އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި މަމްދާނީ ވިދާޅުވީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ތަންފީޒުކުރެވޭނެ ގާނޫނީ މަގެއް އޮތްތޯ އޭނާގެ އިދާރާގެ ގާނޫނީ ޓީމުން ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ އަމުރު ތަންފީޒުކުރުމުގެ ބާރު ސިޓީ ސަރުކާރަށް ނެތްކަން ސާފުވެފައިވާ ކަމަށާއި، އެމެރިކާގެ ފެޑަރަލް ސަރުކާރުން އައިސީސީއާ ގުޅިގެން އެ އަމުރު ތަންފީޒުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
22 Jul 2026
އިޒްރޭލުން ގާޒާގެ އެއް އާއިލާއެއްގެ ހަ މީހުން ދިރިތިއްބާ އަންދައި ޝަހީދުކޮށްލައިފި
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ތެރެއިން، އަންގާރަ ދުވަހުގެރޭ ދަންވަރު ޣައްޒާ ސިޓީއަށް ދިން ރަހުމުކުޑަ ވައިގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ހަ މީހުން ދިރިތިއްބާ އަންދައި ޝަހީދުކޮށްލައިފިއެވެ.
22 Jul 2026
ހަނިމާދޫގައި ލޯންޗެއްގައި ރޯވެ، ދެމީހަކު ފިހިއްޖެ
އަދި މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށެވެ.
21 Jul 2026
މިދިޔަ ހަފްތާގައި ހިމަބިހީގެ 22 ކޭސް ފެނުނު
އެ ހުރިހާ މީހުންނަކީވެސް މާލެ ސަރަހައްދުން ފެނުނު މީހުން