ބޮޑު ތިލަދުންމަތި ފުޓްސަލް ޗެލެންޖު 2023 ގައި ވަރުގަދަ ޓީމަކާއެކު އެންވީކޭ ވާދަކުރަނީ!
އިހަވަންދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސާރކް އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ތިލަދުންމަތި ފުޓްސަލް ޗެލެންޖު 2023 ގައި ވަރުގަދަ ޓީމަކާއެކު އިހަވަންދޫގެ އެންމެ ކާމިޔާބު ކުލަބު އެންވީކޭ ބައިވެރިވުމަށް ނިންމައިފިއެވެ.
މި މުބާރާތަކީ ގއ އަދި ހދ ގެ އިތުރުން ށ އަތޮޅު ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި އިހަވަންދޫގެ 6 ޓީމުގެ އިތުރުން ރަށުން ބޭރުގެ އިތުރު 5 ޓީމެއް ބައިވެރިވެފައި ވާއިރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.
ވޮއިސް އަށް މައުލޫމާތު ދެއްވަމުން އެންވީކޭގެ މެނޭޖަރު މުހައްމަދު ޒަޔާން ޒުހައިރު ބުނީ ޖުލައި 20 ގައި ފެށުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެޓީމުން ފަރިތަކުރުންތައް ފަށައިފިކަމަށެވެ.
މި ކުލަބަކީ 2007 ވަނަ އަހަރު އުފެދުނު ކުލަބެއް، އަދި ފާއިތުވެދިޔަ 16 ވަރަކަށް އަހަރުތެރޭގައި 14 މުބާރާތް ކާމިޔާބުކޮށްފައިވާނެ މިޓީމުން އަދި މިއަހަރުގެ މުބާރާތަށް ޓީމު ވަރުގަދަކުރުމަށްޓަކައި ހއ. އަތޮޅުގެ ފުޓްސަލް ކިންގް އިބުރާހިމް ހާމިދުގެ އިތުރުން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އިހަވަންދޫގެ ކެޕްޓަން މުހައްމަދު ފަޒީލް ޓީމުގައި ހިމެނުނަކީ މި މުބާރާތުގައި ޓީމަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.
މީގެއިތުރުން ވެސް ޓީމު އިތުރަށް ވަރުގަދަކުރުމަށްޓަކައި އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) ރަށުން ބޭރުގެ ކުޅުންތެރިއެއްގެ ގޮތުގައި ޓީމުގައި ވަނީ ހިމަނާފައެވެ.
އިތުރަށް ވާހަކަ ދައްކަމުން ޒަޔާން ބުނީ ޓީމުގެ ތައްޔާރީތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި އުންމީދަކީ މުބާރާތުގައި ރަގަޅު ކާމިޔާބެއް ހޯދުން ކަމަށެވެ. އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ މުބާރާތް ކާމިޔާބު ކުރުމަށް އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ އެކަން ކާމިޔާބު ކުރާނަން ޒަޔާން ބުންޏެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists