އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ފ. މަގޫދޫގައި ހިންގާ މޫދު ކަސްރަތު ޕްރޮގްރާމްގެ ތެރެއިން---ފޮޓޯ: އެމްއެންޑީއެފް
ހަބަރު
07 Jul 2023 | 15:56
އެމްއެންޑީއެފް އިން އިނގުރައިދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފް އާއި ރ. އިނގުރައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

"އެންމެން އެކުގައި ކަސްރަތަށް" ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެރަށުގެ ކުޑަ ތުނޑީގައި މި މަހު 6 ކުން 14 އަށް ދުވާލަކު ދެ ސެޝަނަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 5:45 ކުން 8:30 އަށް އަދި ހަވީރު 4:30 އިން 6:00 ކަށް މޫދު ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މިއާއިއެކު ޕްރޮގްރާމް ފެށުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންއެއް ރޭ ވަނީ ބާއްވާފައެވެ.

މޫދު ކަސްރަތު ޕްރޮގްރާމާއި ގުޅޭ ގޮތުން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ މި ޕްރޮގްރާމަކީ ބައިވެރިވާން ތިބި އެންމެނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގަރާމެއް ކަމަށެވެ.

އަދި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ މަގުސަދަކީ ދުޅަހެޔޮ ސިއްހަތު ހުރި ރައްޔިތުންތަކެއް ބައްޓަން ކުރުން ކަމުގައި ވެސް ޖަލީލު ވިދާޅުވިއެވެ.

މިއާއިއެކު މި ޕްރޮގްރާމް ފަށާފައިވަނީ އެމްއެންޑީއެފްއާއި ގުޅިގެން ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ބޭއްވުމަށް ނިންމައިގެން ކަމަށް ޖަލީލު ވަނީ ފާހަގަކޮށްފައެވެ.

އިނގުރައިދޫގައި މި ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.