'ހައުސް އޮފް ޑިމޮކްރަޓްސް'
ހަބަރު
10 Jul 2023 | 09:32
ދަ ޑިމޮކްރެޓްސްގެ ހަރުގެ ހުޅުވައިފި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް އިސްވެ އުފެއްދެވި 'ދަ ޑިމޮކްރެޓސް' ޕާޓީގެ ހަރުގެ ރަސްމީކޮށް ހުޅުވައިފިއެވެ.

ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ކުރީގެ ހަރުގެ ކަމަށްވާ ހ. ވެޔޮވިލާއަށް 'ހައުސް އޮފް ޑިމޮކްރެޓްސް' ގެ ނަން ދީ މިރޭ ހަރުގެ ރަސްމީކޮށްހުޅުއްވާ ދެއްވާފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދެވެ.

މިއާއިއެކު އެމަނިކުފާނު ވަނީ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ޕާޓީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުންނަށް މުޚާތަބުކޮށް ވާހަކަދައްކަވާފައެވެ. 

ރައީސް ނަޝީދު އަދި އެޕާޓީއަށް ރަސްމީކޮށް ސޮއިކުރައްވާފައިނެތް ނަމަވެސް ޕާޓީގެ މަޝްވަރާ ބައްދަލުވުންތަކުގައި އެމަނިކުފާނު އަންނަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

މިދިޔަ ހަފްތާގައި ދަ ޑިމޮކްރެޓްސް އިން ވަނީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބާއްވާފައެވެ. އެގޮތުން ޕާޓީގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެފައިވަނީ މި ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަދަދު 500 އިން މައްޗަށް އަރާކަމަށެވެ. 

ހަސަން ލަތީފު ވަނީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕާޓީގެ ވަގުތީ ޗެއާޕަސަންގެ ނައިބުންނަކީ ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު، އެންވަޔަރްމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު އަދި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފެވެ.

އިއްޔެ ދަ ޑިމޮކްރެޓްސް އިން ވަނީ ރަޖިސްޓްރީވުމަށް ހުށަހަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.