ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވަނީ-- ފޮޓޯ/ މަޖިލިސް
ހަބަރު
10 Jul 2023 | 10:19
ރައީސް ނަޝީދު މަޖިލިސް އެ ހިންގަވަނީ ބޭނުންފުޅު ގޮތަކަށް؛ ސިފައިން އެމަނިކުފާނު ނުހުއްޓުވާ: ރައީސް ޞާލިހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް ހިންގަވަމުންދަނޫ އެ މަނިކުފާނު ބޭނުންފުޅު ގޮތަކަށް ކަމަށާ، އެހެން ނަމަވެސް ސިފައިން އައިސް އެމަނިކުފާނަށް ހުރަސް އަޅައި، އެމަނިކުފާނު ނުހުއްޓުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހު ގެ ކެންޕެއިން ރަސްމީކޮށް ފެއްޓެވުމަށް ށ.ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި އެމަނިކުފާނު ކަންކަން ކުރެއްވި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަންއަކާއި އެކުގައި ނަމަވެސް އެ ކޯލިޝަންވެސް ރޫޅި، ގިނަ ސިޔާސީ ލީޑަރުން ޖަލަށް ލެއްވި ކަމަށާ، އަދި މަޖިލީހަށް ސިފައިން ވައްދައިގެން މަޖިލީހަށް ވެސް ސަރުކާރުގެ ބާރު ފޯރުއްވި ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. އަދި މީގެ އިތުރުން، ރައީސް ޞާލިހާއި، ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ފަދަ އެތައް މެންބަރުންނެއް މަޖިލީހަށް ވަނުމަށް ހުރަސް އަޅުއްވައި، އެ މެންބަރުންނާއި ދެކޮޅަށް ދައުވާ ކުރަންވެސް ފޮނުއްވި ކަމަށް ވިދާޅުވި އެވެ. 

އެދުވަހު (ރައީސް ޔާމީން ގެ ވެރިކަމުގައި) ސިޔާސީ ލީޑަރުން ތިއްބެވީ ކޮންތާކުތޯ ވިސްނާވަޑައިގަންނަވަންޖެހޭ. ނޫސްވެރިންގެ އުޅުނީ ކޮން ހާލެއްގައި ތޯ؟ ފަނޑިޔާރު ގެއަށްްވީ ކިހިނެއްތޯ؟ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އުޅެން ޖެހުނީ ކޮން ގޮތަކަށްތޯ؟ ކިތައް ކިތައް މެމްބަރުން ތޯ ޖަލަށް ވަންނަން ޖެހުނީ. ރައްޔިތުން އިންތިހާބު ކޮށްފައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މަޖިލީހަށް ވަންނަން އުޅުނީތީ ހިފާ، ހައްޔަރުކޮށް ޝަރީއަތަށް ފޮނުވުނީ. އަޅުގަނޑާއި، އަބްދުالله ޝާހިދާއި، އަސްލަމް އާއި. މިހެން ގޮސް އެތައް މެންބަރުންގެ މައްޗަށް ދައުވާ ކުރި. އަޅުގަނޑުމެން މަޖިލީހަށް ވަންނަން އުޅުނީމަ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

މިއާއެކު، ރައީސް ޞާލިހު ވަނީ، ރައީސް ޔާމީން ގެ ވެރިކަން ނިމި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީވެސް ކޯލިޝަނަކާއި އެކުގައި ކަމަށާ، އެ ކޯލިޝަން އަދި އަދަށްވެސް ދެމިއޮތްކަން ފާހަގަކުރައްވާފައެވެ. ރައީސް ޞާލިހު ވިދާޅުވީ، ރާއްޖެ އަމާން ތަނަކަށް ވެފައި ވަނީވެސް އެ ކޯލިޝަން އެ ގޮތުގައި ދެމިއޮތުމުން ކަމަށެވެ.

އަދި މީގެ އިތުރުން، އެމަނިކުފާނު ވަނީ، އެމަނިކުފާނުގެ މި ވެރިކަމުގައި މަޖިލީސް ވެސް ސަރުކާރުގެ ނުފޫޒުން މިނިވަންވެފައިވާ ކަން ހާމަ ކުރެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސް ބޭނުން ގޮތަކަށް މަޖިލިސް ހިންގަމުންދާއިރުވެސް ސިފައިން އައިސް އެމަނިކުފާނު ނުހުއްޓުވާ ކަމަށް ވިދާޅުވެފައެވެ. 

"ސިޔާސީ ލީޑަރުން މިނިވަންކަމާއިއެކީ އެބަ ހަރަކާތްތެރިވޭ. ރައްޔިތުންގެ މަޖިލިސް ވެސް، އެ މަޖިލީހުގެ ރައީސް ބޭނުންފުޅު ގޮތަކަށް ހިންގަވަމުން އެބަ ގެންދަވާ. ސިފައިން ވަދެ ނުހުއްޓުވާ. ނޫސްވެރިންގެ ގަލަމުގައި ދޯރި ޖަހާކަށް ނުޖެހޭ. ޓީވީ ޗެނަލްތައް ޖޫރިމަނާ އެއް ނުކުރޭ. ބަންދު ކުރާކަށް ނާންގަން. އިންޒާރެއް ވެސް ނުދެން. ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ވަކިރަށެއް ތަފާތު ކުރުމެއް ނެތި އެދަނީ ލިބެމުން".

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މަޖިލީހުގެ ރައީސް ނުހުއްޓުވާ ކަމަށް ރައީސް ޞާލިހް ވިދާޅުވި ނަމަވެސް، މަޖިލީސް އޮތީ އެމަނިކުފާނުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. އަދި ސިފައިން ވައްދައިގެން މަޖިލީސް ރައީސް ނުހުއްޓުވި ނަމަވެސް، ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިގެން އެ މަނިކުފާނު މަގާމުން ވަކިކުރުމުގެ މަސައްކަތް ރައީސް ޞާލިހުގެ އިޒުނައާއި އެކު އެމްޑީޕީ މެންބަރުން ވަނީ ފަށާފައެވެ. ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.