'ސޭވް އެފްއޭއެމް' ބައްދަލުވުމުގެ ތެރެއިން---ފޮޓޯ: މިހާރު
ހަބަރު
10 Jul 2023 | 16:07
އެފްއޭއެމް އިން މުސާރަ ނުދޭތީ ބައެއް މުވައްޒަފުން ވަޒީފާއަށް ނިކުންނަން ދެކޮޅު ހަދައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުވައްޒަފުންނަށް އެތައް މަސްތަކެއް ވަންދެން މުސާރަ ލިބިފައިނުވާތީ ވަޒީފާއަށް ނިކުންނަށް ދެކޮޅު ހަދައިފިއެވެ.

އެގޮތުން އެފްއޭއެމް އިން މުވައްޒަފުންނަށް މުސާރަ ނުދޭތާ 5 މަސްދުވަސް ވެފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ބޭފުޅަކު ވަނީ 'ވޮއިސް' އަށް ކަށަވަރުކޮށްދީފައެވެ.

އަދި މިއީ އެ އެސޯސިއޭޝަންގެ މަސައްކަތްތައް ފެށުމަށް އެފްއޭއެމްއިން ކުރަމުން އަންނަ މަސައްކަތަށް އެކަށީގެންވާ ކުރިއެރުމަށް ލިބިފައިނުވާތީ ކަމަށް ވެސް އެބޭފުޅާ ވަނީ ހާމަކުރައްވާފައެވެ.

މުސާރަ ލިބިފައިނުވާތީ ވަޒީފާއަށް ނިކުންނަން ދެކޮޅު ހަދާފައިވާ ފަރާތްތަކުގެ ތެރޭގައި އިދާރީ ހިންގުމާއި ހަވާލުވެފައިވާ މުހިންމު ފަރާތްތަކާއި އެކި ޑިޕާޓްމަންޓްތަކުގެ އިސް ފަރާތްތައް ވެސް ހިމެނެއެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ކުރިމަތިވި ނާކާމިޔާބާ އެކު ރާއްޖޭގެ ފުޓްބޯޅަ ބަދަލު ކުރަން ޖެހޭ ކަމަށް ގޮވާލައި ސޯޝަލް މީޑިއާ އާއި ވައިބާ ގުރޫޕްތަކުގައި ކަންބޮޑުވުން ފާޅުކޮށް މަޝްރަހު ހޫނު ވެފައިވާ ވަގުތެއްގައެވެ.

އެގޮތުން މިކަމުގެ ތެރެއިން ވަނީ "ސޭވް އެފްއޭއެމް" ކެމްޕޭނެއް އުފަން ކޮށް މިދިޔަ ހޮނިހިރު ދުވަހު ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ވޮއިސް އިން ލައިވްކުރި މި އިވެންޓުގައި ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ ދުވަސްވީ ގިނަ މޫނުތަކެއް ފެނިގެންދިޔަ އެވެ. އޭގެތެރޭގައި ކުރީގެ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ކުޅިވަރުގެ ނޫސްވެރިން މިބައްދަލުވުމުގައި ވަނީ ބައިވެރިވި ވެފައެވެ.

އެފްއޭއެމްގެ މާލީ ހާލު ގޯސްވެފައިވާ ކަމަށާއި މުވައްޒަފުންގެ އިތުރުން ކުޅުންތެރިންނަށް ފައިސާ ނުލިބޭ ކަމުގެ ވާހަކަ ދޭތެރެ ދޭތެރެއިން މީޑިއާގައި ދެކެވިގެން ދެއެވެ. ނަމަވެސް މިކަމަށް އެށޭނަ ހައްލެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.