ބަދުރުއްނަޞީރުގެ ފޮތް ރައީސް މައުމޫންގެ އަތްޕުޅަށް އަރުވަނީ
ހަބަރު
11 Jul 2023 | 06:00
ބަދުރުއްނަޞީރުގެ ފޮތް ރައީސް މައުމޫންގެ އަތްޕުޅަށް އަރުވައިފި

ބަދުރުއްނަޞީރު ލިޔުއްވާފައިވާ ފޮތެއް ކަމަށްވާ "ދިވެހިރާއްޖޭގެ ރޭޑިއޯގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަތްޕުޅަށް އަރުވައިފިއެވެ.

ބަދުރުއްނަޞީރުގެ މިފޮތަކީ މީލާދީން 1962 އިން 2011 ދިވެހިރާއްޖޭގެ އަޑުގައި ބަދުރުއްނަޞީރު ހޭދަކުރެއްވި މުއްދަތުގައި ކުރައްވާފައިވާ މުހިއްމު ކަންކަމާއި، ދިމާވެފައިވާ މުހިިއްމު ކަންކަމުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ.

މިފޮތް ރައީސް މައުމޫންގެ އަތްޕުޅަށް އެރުއްވުމުން އެމަނިކުފާނު ވަނީ ބަދުރުއްނަޞީރަށް ޝުކުރު އަދާ ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.

އެގޮތުން މި ޓްވީޓުގައި ރައީސް މައުމޫން ވަނީ ބަދުރުއްނަޞީރަކީ ލެޖެންޑަރީ ބްރޯޑްކާސްޓަރެއްގެ އިތުރުން ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެރިޔެއްގެ މަގާމު އަދާކުރައްވައި 40 އަހަރަށްވުރެ ގިނަ ދުވަހު ރޭޑީއޯ ޚިދުމަތުގައި އުޅުއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

އަދި ބަދުރު ނަޞީރުގެ ހަނދާންތަކުގެ ފޮތަކީ ހަގީގީ ޚަޒާނާއެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަ ކުރައްވާފައެވެ.

ބަދުރު ނަޞީރަކީ ދިވެހިރާއްޖޭގެ އަޑަށް ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައި، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ދ.ޝ.ޢ) ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.