އަދީބު ޓަގު ބޯޓެއްގައި ފިލައިގެން ދިއުމުން ހޯދައިގެން އަނބުރާ މާލެ ގަނައިރޭ/ ފޮޓޯ
ހަބަރު
11 Jul 2023 | 12:52
އަދީބު ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދީފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުއްދަދީފި އެވެ. 

އެކަން އަދީބުގެ އާއިލާއިން ވަނީ "ވޮއިސް" އަށް ކަށަވަރުކޮށްދީފަ އެވެ. 

އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. 

އެގޮތުން 24 ގަޑިއިރު ފަރުވާދިނުމަށްފަހު އަދީބު އަލުން ގެއަށް ބަދަލުކޮށްފައިވާކަމަށް ކަރެންޝަންސްއިން ވަނީ ބުނެފައެވެ.

އަދީބު ފަރުވާ ހޯދާފައިވަނީ ނުރައްކާތެރި ބައްޔަކަށް ކަމަށާއި، އެއީ ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބައެއްކަމަށް އަދީބުގެ ސިޔާސީ ޕާޓީއަށް ނިސްބަތްވާ ބައެއް މުއައްސިސުން ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ. 

އަދީބުގެ ބައްޔާއި ގުޅޭގޮތުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސްއިން ބުނެފައިވަނީ އަދީބަށް ޖެހިފައިވަނީ ނާރުގެ ނިޒާމަށް އަސަރުކުރާ ފުރާނައަށް ނުރައްކާތެރި ބައްޔެއް ކަމަށެވެ. ބަލި ޖެހިފައިވަނީ ކުރީ ސަރުކާރުގައި އަދީބު ޖަލުގައި ހުންނެވި ދުވަސްވަރު ކަމަށް ވެސް ބުނެފައިވެ އެވެ.

އަދީބު ބޭސްފަރުވާއަށް ދިއުމަށް ކަރެކްޝަންސްއިން ހުއްދަދީފައިވާއިރު، އޭނާ ވަޑައިގަންނަވަނީ ސިންގަޕޫރަށެވެ. 

އަދީބު ރާއްޖެއިން ބޭރަށް ފުރުވާލުމަށް ހުއްދަދީފައިވާ މި ދަނޑިވަޅަކީ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ ދަނޑިވަޅެއް ކަމަށްވެފައި، ސަރުކާރުގެ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާއި ދެކޮޅަށް ދައުލަތުން ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލި ދައުވާ ސާބިތުކޮށްދިނުމަށް އަދީބުގެ ހެކިބަސް ދީފައިވާ ވަގުތާއިވެސް އިއްތިފާގު ވާނީ އިދިކޮޅުން ގެންދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. 

އެގޮތުން އަދީބު ފުރުވާލުމަކީ ސަރުކާރުން ހަދާފައިވާ ޑީލެއް ކަމަށާއި، އެ ޑީލު ހެދީ ރައީސް ޔާމިނާއި ދެކޮޅަށް ހެކިބަސް ދިނުމުގެ ބަދަލެއްގެ ގޮތުން ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ. 

ފުއްގިރި  މައްސަލައިގައި ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ނޫން އިތުރު ކާފީ ހެއްކެއް ނެތްކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ. 

އެހެންކަމުން މިހާލަތުގައި އަދީބުގެ ހެކިބަހާއި ނުލާ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެތީ، އަދީބު ފުރުވާކަން ހުއްދަދިނުމަށް ދައުލަތަށް މަޖުބޫރުވެފައިވާކަމަށް ވެސް އިދިކޮޅުން ވަނީ މީގެ ކުރިން ތުހުމަތުކޮށްފަ އެވެ. 

އަދީބަކީ އޭނާގެ ޖަލު ހުކުމް ގޭ ބަންދަށް ބަދަލުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓަގު ބޯޓެއްގައި ފިލައިގެން ރާއްޖެއިން ބޭރަށް ދިއުމަށް ވެސް މަސައްކަތް ކުރި ފަރާތެއްކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.