ފޮޓޯ: އިންޓަރނެޓް އަދި ފުލުހުން
ހަބަރު
11 Jul 2023 | 14:00
އަނބި މީހާއަށް އަނިޔާ ކުރުމުން 23،700؛ ވެލާ ފެޅުމުން 198،000 ގެ ޖޫރިމަނާއެއް!

އަނބިމީހާއަށް ގެވެށި އަނިޔާ ކުރި މީހަކު ޖުމްލަ 23،700 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައިވާއިރު ވެލާ ފެޅުމުގައި ބައިވެރިވި 7 މީހުންގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް 198،000 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ރ.މަޑުއްވަރި، ސަޢީދާ މަންޒިލްގެ އަޙްމަދު އިސާމް އަށް މިމަހުގެ 2 ވަނަ ދުވަހު ވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއެއް އުފުލުމުން އެ ދަޢުވާއަށް އިއުތިރާފްވެފައެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓްއިން ނިންމާފައިވަނީ 01 މަހާއި 24 ދުވަހުގެ ޖަލު އަދަބުގެ ބަދަލުގައި 10800 ރުފިޔާ އިން ޖޫރިމަނާކުރުމަށެވެ.

މިއަށްފަހު ހަމަ މިމަހުގެ 9 ވަނަ ދުވަހު ވަނީ އިސާމްގެ މައްޗަށް 3 ޝަރީއަތެއް ހިންގައި 3 ދައުވާއެއް އުފުލާފައެވެ.

އެގޮތުން އަނިޔާއެއް ދިނުމުގެ ދައުވާއަށް އިސާމް އިޢުތިރާފްވުމުން ކްރިމިނަލް ކޯޓްއިން ވަނީ 27 ދުވަހުގެ ޖަލު އަދަބުގެ ބަދަލުގައި 5400 ރުފިޔާ އިން އިސާމް ޖޫރިމަނާކޮށްފައެވެ.

އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޚިލާފުވުމުގެ ދެ ދައުވާ އެއް އުޝާމްގެ މައްޗަށް އުފުލުމުން އިސާމް ވަނީ ދެ ދައުވާއަށް ވެސް އިއުތިރާފް ވެފައެވެ.

މީގެ ތެރެއިން އެއް ދައުވާއަށް ކޯޓުން ނިންމީ 5000 ރުފިޔާ އިން ޖޫރިމަނާކުރުމަށެވެ. ދެވަނަ ދައުވާއަށް ކޯޓުން ނިންމީ އިސާމް 2500 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.

މި 4 ދައުވާގެ ޖުމްލަ އަދަދަކީ 23،700 ރުފިޔާއެވެ.

މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައެއް ނުވެއެވެ.

މިމައްސަލަތަކާއި ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، އެ އަތޮޅުގެ ކެންދޫގެ ހަތް މީހަކު އީޕީއޭއީން 198،000 ރުފިޔާ އިން ޖޫރިމަނާކުރި ހާދިސާއަށް އަޅާބަލައިލާއިރު 174،300 ރުފިޔާގެ ތަފާތެއް އެބަ ހުރެއެވެ.

ވެލާއަކީ ނެތިގެންދާ ބާވަތުގެ މޫދު ޖަނަވާރެއް ކަމުން ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށް އެ ހިފުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ.

ހަމަ އެފަދައިން ގެވެށި އަނިޔާއާއި އެހެންމީހަކަށް އަނިޔާ ދިނުމާއި ދެކޮޅަށް ގާނޫނުތައް ހަދާފައިއޮވެއެވެ. މުޖްތަމައުގައި ގެވެށި އަނިޔާގެ ޝިކާރައަށް ވެގެންދާ މީހުންގެ އަދަދު އެހާ ގިނައެވެ. މީގައި ކުޑަ ކުދިންވެސް އެކުލެވެއެވެ.

މިއީ ޤާނޫނުތަކުގެ ބަލިކަށިކަން ހާމަވާ ދެ މައްސަލަކަމުން މަޖިލިސް މެދުވެރިކޮށް މިފަދަ ކަންކަމަށް އަވަސް ހައްލެއް ގެންނަންޖެހެއެވެ. ގިނަ ޖަލްސާތައް މަސައްކަތެއް ނެތި ހުއްޓާލާފައިވާއިރު، މިކަންކަމަށް ބާރުއަޅައި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން މިހާތަނަށް އެދެވޭ މަސައްކަތްތަކެއްކޮށްފައިނުވާކަންވެސް ފާހަގަކުރަން ޖެހެއެވެ.

މިފަދަ ކަންކަމަކީ އެފަރާތަތްކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރު ކުރާ ކަންކަމަށް ވާއިރު މިހާ ކުޑަ ނިސްބަތަކުން ކުށުގެ އަދަބު ކަނޑައެޅުމަކީ އެބޭފުޅުންނަށް އިންސާފު ހޯދައި ދެވުންތޯ ސުވާލު އުފެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.