ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: ޕީއެސްއެމް
ހަބަރު
11 Jul 2023 | 17:07
ވަކިވަރަކަށް ލާރި ހުރިއްޔާ އެފްއޭއެމްގެ ރައީސްކަމަށް އާދެވޭނެ: އަލީ ވަހީދު

ވަކި ވަރަކަށް އެކައުންޓުގައި ލާރި ހުރި މީހަކަށް ވިއްޔާ މާދަމާ ވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަމަށް އާދެވިދާނެކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބުނެފި އެވެ. 

ޖިންސީ ފުރައްސާރައިގެ ސީރިއެސް ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ރާއްޖެއިން ފުރައިގެން އިނގިރޭސި ވިލާތުގައި 3 އަހަރާއި 3 މަސް ހުންނެވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ އަލީ ވަހީދު ބުނީ އޭނާ އަނބުރާ ރާއްޖެ އައީ "ފުޓު ބޯޅަ މީހެއް" ގެ ގޮތުގައި ކަމަށެވެ. 

ރާއްޖޭގެ ފުޓު ބޯޅަ ކުރިއެރުވުމަށް އޭނާގެ ވިސްނުން އޮތް ކަމަށާއި، ވަރަށް އަވަހަށް އެ ވިސްނުންފުޅު ރައްޔިތުންނާއި ހިއްސާކުރާނެކަމަށް އަލީ ވަހީދު ބުންޏެވެ. 

އަލީ ވަހީދުގެ އެ ވާހަކަތަކާއި ގުޅިގެން ނޫސްވެރިއަކު ވަނީ އެފްއޭއެމްގެ ރައީސްއާއި ދޭތެރޭ ގިނަ ބައެއްގެ ނުރުހުން ފާޅުކުރަމުން އަންނަ މި ދަނޑިވަޅުގައި އަލީ ވަހީދު އެމްއޭއެމާއި ހަވާލުވުމުގެ ޝައުގުވެރިކަމެއް އޮތް ތޯ ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބުދެމުން އަލީ ވަހީދު ބުނީ ފުޓުބޯޅަ ކުރިއެރުވުމަކީ މިހާރު އޭނާ އެންމެ ޝައުގުވެރިވާ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް އެއްވެސް މަޤާމެއް ބޭނުން ނުވާ ކަމަށެވެ. 

އެމްއޭއެމްގެ ރައީސްކަމަކީ ހޯދަން އުނދަގޫ މަގާމެއް ވެސް ނޫން ކަމަށާއި، ވަކިވަރަކަށް ލާރި ހުރިއްޔާ މާދަން ވެސް އެ މަގާމު ލިބިދާނެކަމަށް އަލީ  ވަހީދު ބުންޏެވެ. 

"އެފްއޭއެމްގެ ރައީސްކަމަށް އާދެވޭނެ މިހާރު ވެސް ގާތްގަނޑަކަށް ވަކިވަރަށް ލާރު ހުރިއްޔާ މާދަން ހެނދުނު އިރުއަރާއިރުވެސް. އައި. ޑޯންޓް ވޯންޓް ދެޓް. ކޮބާތޯ އޭގެ ބޭނުމަކީ ހުރިހާ ކްލަބުތަކެއް މީހުން އެތަނަށް ލައިގެން އެމީހުންނަށް ކޮންމެ މަހަކު ސަބްސިޑީ ދީގެން އެއެއް ނޫން އެފްއޭއެމް ހިންގަން ޖެހޭ ގޮތަކީ"

އަލީ ވަހީދު

އަލީ ވަހީދު ބުނީ މިހާރު އޭނާގެ ޝައުގުވެރިކަން ހުރީ ކްލަބު ފުޓުބޯޅައާއަށް ވަނުމަށް ކަމަށެވެ. 

އަލީ ވަހީދު ބުނީ މިހާރު އެފްއޭއެމްގެ ހުރި ރައީސް މަގާމުން ވަކިކުރުމުން އެފްއޭއެމްގައި ހުރި މައްސަލަތަކަށް އަދި ހައްލު ލިބިގެންދާނެކަމަށް ވެސް ގަބޫލު ނުކުރައްވާކަމަށެވެ. 

އެހެން ނަމަވެސް އެފްއޭއެމްގެ ހިންގުން ހަރުދަނާ ކުރެވިއްޖެ ނަމަ އަވައްޓެރި ގައުމުތަކުގައި ބާއްވާ ފެންވަރަށްވުރެ ފުރިހަމަ މުބާރާތްތައް ރާއްޖޭގައި ވެސް ބޭއްވޭނެ ކަމަށާއި، އަދި ކުޅުންތެރިން ބިނާކޮށް ފުޓުބޯޅައިން ރާއްޖެއަށް ކާމިޔާބީތަކެއް ހޯދިދާނެކަމަށް އަލީ ވަހީދު ބުންޏެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.