ޢަލީ ވަހީދު
05 Sep 2023
ގާސިމްގެ 'މާފަންނު ވިލާ'ގެ ސާދާ ކަމުގައި ފޮރުވިފައިވާ ސިއްރު!
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދިރިއުޅުއްވާ މާފަންނު ވިލާ ގެއިން އެމަނިކުފާނުގެ އިންތިހާބީ އޭޖެންޓް އަލީ ވަހީދަށް ފެނިވަޑައިގެންނެވި ސާދާ ކަމާއި، އެ ސާދާ ކަމުގެ ފަހަތުގައި ފޮރުވިފައިވީ ހަގީގަތް ކިޔައިދެއްވައިފިއެވެ.
05 Sep 2023
ގާސިމަކީ މި ގައުމަށް ލިބުނު ރަން މުތެއް: ޢަލީ
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަކީ ދިވެހިރާއްޖެއަށް ލިބުނު ރަންމުތެއް ފަދަ ބޭފުޅެއް ކަމަށް، އެމަނިކުފާނުގެ އިންތިޚާބީ އޭޖެންޓް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
04 Sep 2023
ޖޯކު ޖަހާ ވީޑިއޯތައް ބައްލަވައި ގާސިމަށްވެސް ހެވިއްޖެ!
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހިމް އެކި އެކި ރަށްރަށަށް ވަޑައިގެން ދައްކަވައިފައިވާ ވާހަކަތަކުގެ އޯޑިއޯތައްް ބޭނުންކޮށްގެން ހަދައިފައިވާ ޓިކްޓޮކް ވީޑިއޯތައް ބައްލަވައި ޚުދު އެމަނިކުފާނަށްވެސް ހިނިފުޅުވެޑުވިއްޖެއެވެ.
01 Sep 2023
ކައިވެނި ނުކޮށް ތިބި ޒުވާނުން މެރީކުރަން ޑޭޓު ކަނޑައަޅުއްވާ!
ކައިވެނި ނުކޮށް ތިބި ޒުވާނުން މެރީ ކުރަން ޑޭޓު ކަނޑައަޅުއްވަން ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ އިންތިޚާބީ އޭޖެންޓް ޢަލީ ވަހީދު އެދިވަޑައިގެންފިއެވެ.
30 Aug 2023
ނަޝީދާއި ސޯލިހުގެ ވެރިކަން ހަލާކުކުރީ މާރިޔާ: ޢަލީ ވަހީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ހަލާކުކޮށްލީ އަދުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ވެރިކަންވެސް ޚަރާބު ކުރީ ހަމަ އޭނާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
29 Aug 2023
ތަރައްގީ އަކީ ލަވާޒާ ކޮފީ ތައްޓަކަށް ވެފައި މިއިންނަނީ: ޢަލީ
އައު ގަނޫނު އަސާސީއާއި އެކު ވެރިކަން ކުރަމުންދާތާ މިހާރު 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރުވެސް، ދިވެހިރާއްޖެއިން ހަގީގީ ތަރައްގީ ނުފެންނަ ކަމަށް ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ އިންތިހާބީ އޭޖެންޓް އަދިި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
28 Aug 2023
އެންމެ ރަށެއްވެސް ގާނޫނުން ބޭރުން ގާސިމާއި ހަވާލުކުރާކަށްނޭދޭ
ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، އެއްވެސް ރަށެއްވެސް އަދި ފަޅެއްވެސް، ގާނޫނުން ބޭރުން ގާސިމާއި ހަވާލު ކުރަން އެމަނިކުފާނު އެދިފައި ނުވާ ކަމަށާ، އެކަހަލަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
27 Aug 2023
"ގާސިމަށް ޕީޕީއެމް ޓިކެޓް ލިބެން އޮތް؛ އެމްޑީޕީގެވެސް ލިބުނީސް"
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރީޔާސީ ޓިކެޓާއި، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްވެސް ވަރަށް ފަސޭހައިން ލިބުނީސް ކަމަށް އެމަނިކުފާނުގެ އިންތިހާބީ އޭޖެންޓް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.