ޖޭޕީގެ ހިމަންދޫ ކެންޕެއިން ޖަލްސާގައި ޢަލީ ވަހީދު ވާހަކަދައްކަވަނީ-- ފޮޓޯ/ ޖޭޕީ
ހަބަރު
27 Aug 2023 | 18:37
ގާސިމަށް ޕީޕީއެމްގެ ޓިކެޓްވެސް ލިބެން އޮތް؛ ބޭނުންވި ނަމަ، އެމްޑީޕީ ޓިކެޓްވެސް ލިބުނީސް: ޢަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރީޔާސީ ޓިކެޓާއި، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްވެސް ވަރަށް ފަސޭހައިން ލިބުނީސް ކަމަށް އެމަނިކުފާނުގެ އިންތިހާބީ އޭޖެންޓް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ޖޭޕީގެ ޓީމުން އަރިއަތޮޅަށް ކުރަމުންދާ ދަތުރުގެ ތެރެއިން އއ. ހިމަންދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޢަލީ ވަހީދު ވަނީ ގާސިމްގެ ސަރުކާރުގައި ގެންގުޅުއްވާނެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭ ބައެއް މައުލޫމާތު ތައް ހިއްސާކުރައްވާފައެވެ. އެގޮތުން ވިދާޅުވީ، ގާސިމްގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ އެންމެ އާދައިގެ ރައްޔިތަށްވެސް ބަލައިގަނެވޭނެ ލުއި ފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ގާއިމް ކުރުންކަމަށެވެ. 

އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުގައި ބޯހިޔާވަހިކަން ފޯރުކޮށްދެނީ ބޯހިޔާވަހިކަންބޭނުންވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކުގެ ހާލަތު ދެނެގަނެ އެކަމަށްޓަކައި ގާއިމްކުރާ ރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ހަމަހަމަ އުޞޫލުން ކަމަށާއި ގާސިމްގެ ވެރިކަމުގައި މުޅި ނިޒާމް ހަރުދަނާ އުޞޫލަކުން ބައްޓަން ކުރާނެކަމަށެވެ.

އެގޮތުގެ މަތިން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އާއިލާތަކަށް ގާސިމް އިބްރާހިމްގެ ސަރުކާރެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. 

ގާސިމް ހިމަންދޫއަށް ވަޑައިގެންނެވުން--ފޮޓޯ/ ޖޭޕީ

މީގެ އިތުރުން، ދިވެހި ރައްޔިތުން ގާސިމަށް ވީޓު ދެއްވަންޖެހޭ ސަބަބުގެ ތަފްސީލް ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ދިވެހި ގައުމަށްޓަކައި، 'އީގޯ' ދޫކޮށްލައި، އަދި ކޮންމެ އެއްޗެއްވެސް ދޫކޮށްލަން ތައްޔާރަށް ހުންނެވި ހަމައެކަނި ވެރިއަކީ ގާސިމް ކަމަށެވެ. 

ޢަލީ ވަހީދު ވިދާޅުވީ، ގާސިމްގެ ޕާޓީ، ޖުމްހޫރީ ޕާޓީ، ވެރިކަންކުރާ އެމްޑީޕީ އާއި، އިދިކޮޅުު ޕީޕީއެމަށް ވުރެ ކުޑަ ސަބަބަކީ އެމަނިކުފާނު އަމިއްލަ އެދުމަށް ކަމެއް ކުރަން ބޭނުން ނުވާތީ ކަމަށެވެ. 

"ގާސިމްގެ ޕާޓީ ކުޑަވެދާނެ. އެ ކީއްވެގެންތޯ؟ އެއީ ގާސިމް އަބަދުވެސް ބޭނުމެއް ނުވީ ބޮޑު ޕާޓީއަކަށް ވަދެގެން، އަމިއްލަ އެދުމަށް ކަމެއް ކުރަން. އެހެން ނޫންނަމަ ޕީޕީއެމްގެ ޓިކެޓު ގާސިމަށް ނުލިބޭނެ ތޯ؟ ރައީސް ޔާމީން ދައުވަތު ދެއްވި ރާއްޖޭގެ ހުރިހާ ސިޔާސީ ވެރިންނަށް ރައީސް ޔާމީންގެ މަސައްކަތަށް ވަޑައިގަންނަވަން. ރައީސް ޔާމީންގެ ކެންޑިޑެސީ ގެއްލިފައި އޮތް ވަގުތު، ޕީޕީއެމަށް ވަދެ، ގާސިމް އިބްރާހިމް ޕީޕީއެމްގެ އާއްމު މެންބަރުންނާ އެކު ތިބި ނަަމަ، އެ ޓިކެޓު ނުލިބޭނެ ތޯ؟ މާ ފަސޭހައިން ލިބޭނެ. އެމްޑީޕީއަށް ވަޑައިގަންނަވައިފިއްޔާ އެމްޑީޕީގެ ޓިކެޓް ވެސް ލިބޭނެ. މާ ފަސޭހައިން ލިބޭނެ."

ޢަލީ ވަހީދު 

އަލީ ވަހީދު ވިދާޅުވީ، ދިވެހި ރާއްޖެ ހަމަ މަގަށް ގެނައުމުގެ މަސައްކަތް ގާސިމަށް ކުރެއްވެނީ، އެމަނިކުފާނު "އެއިން (ޕީޕީއެމް,އެމްޑީޕީ) އެއްވެސް އަތަކަށް އޮޔާ ނުދާތީ" ކަމަށެވެ. 

މިއާއެކު ޢަލީ ވަހީދު ވިދާޅުވީ، ޖެޕީން ނުކުތީ ވަކި މީހަކު ވެރިކަމުން ބާލަން ނުވަތަ އަރުވަން ނޫން ކަމަށާ، އެހެނެއް ކަމަކު އެ ޕަޓީން ނުކުތީ ގައުމަށްޓަކައި ކަމަށެވެ. އެހެންކަމުން އެންމެ ބޮޑު ދެ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންގެ ދޫކުރައްވައި ގައުމަށްޓަކައި ނުކުންނަވާ ހުންނެވި ގާސިމަށް ވޯޓު ދެއްވުމަށް ޢަލީ ވަހީދު ވަނީ އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.