ޢަލީ ވަހީދު
27 Aug 2023
"މި 5 އަހަރުގައި ބޮޑު ޚިޔާނާތު ފައިސާއާ، މަރުތަކަށް އިންސާފު ހޯދުނުތޯ"
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގޮތްނޭނގޭ މަރުތަކުގެ އިންސާފު ގާއިމްކޮށްދޭނެކަމަށް ބުނެ ވެރިކަމަށް އައި މި ސަރުކާރަށް ގާއިމްކުރެވުނު އިންސާފަކީ ކޮބައިތޯ ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސުވާލު ކުރައްވައިފިއެވެ.
26 Aug 2023
"ފުރަތަމަ ބުރު ނާކާމިޔާބުވެއްޖެނަމަ، އެހެން ކެންޑިޑޭޓެއްގެ ފަހަތަށް ނާރާނެ"
މިއަހަރުގެ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސް، އެ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވާދަ ނުކުރާނަމަ، ދެވަނަ ބުރުގައި ވާދަކުރާ އެހެން ކެންޑިޑޭޓެއް ވެރިކަމަށް ގެނައުމަށް އެ ޕާޓީން މަސައްކަތް ނުކުރާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
23 Aug 2023
އަލީ ވަހީދު ރައީސް ޞާލިހަށް: މިސްރާބު ބަދަލުކުރައްވާ! ތިޔަ ދަނީ ފަރަށްއަރަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އެމްޑީޕީގެ މިސްރާބު މިހާރު ހުރި ދިމާ ބަދަލުކުރުމަށާއި، މިހާރު ހުރި މިސްރާބުން އަރާނީ ފާރަށް ކަމުގައި ވިދާޅުވެ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު އަނެއްކާވެސް ފާޑުވިދާޅުވެއްޖެއެވެ.
22 Aug 2023
އިންޑިޔާއިން ނަގަމުންދާ ދަރަނިތަކާ ގުޅިގެން ނަޝީދުވެސް ހުންނެވީ ހަނު: އަލީ ވަހީދު
ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން އިންޑިއާ މެދުވެރިވެރިކޮށް ނަގަމުންދާ ދަރަނިތަކާއި ގުޅިގެން ރައީސް ނަޝީދުވެސް ހުންނެވީ ހަނުކަމަށާއި އެ ވާހަކަތައް ދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަންނަވާކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
21 Aug 2023
ވެރިއަކަށް ގެންނަންވާނީ ރައްޔިތުންގެ ހައްޤު އަތުނުލާނެ މީހެއް!
ވެރިއަކަށް ގެންނަންވީ ރައްޔިތުންގެ އަތުގައި އޮންނަ ހައްޤުތައް އަތުނުލާނެ ވެރިއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް ބްރާހިމްގެ އިންތިޚާބީ މަންދޫބު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
19 Aug 2023
މި ޤައުމުގައި ތިބެން ނުޖެހޭ މީހުން މި ޤައުމުގައި އެބަ ތިބި: އަލީ ވަހީދު
މި ޤައުމުގައި ތިބެން ނުޖެހޭ މީހުން އެކި ސިފަސިފައިގައި ގިނަ އަދަދަކަށް މި ޤައުމުގައި އެބަ ތިބިކަމުގައި ވިދާޅުވެ އިންޑިޔާ ސިފައިން މި ރާއްޖޭގައި ތިބުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އޭޖެންޓް އަލީ ވަހީދު ނުސީދާގޮތެއްގައި ފާޑުވިދާޅުވެއްޖެއެވެ.
16 Aug 2023
ކެންޕެއިންކުރާނީ ގާސިމްގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިޔަގޮތަށް!
‏ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޕެއިން ކުރިއަށް ގެންދަވާނީ، އެ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމް ގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވި ގޮތަށް، ކަމަށް، އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
10 Aug 2023
"ޖޭޕީއަށް ފުރުސަތު ނުލިބި 15 އަހަރު ވެރިކަން ބެހިއްޖެ، ވީކަމެއް ނެތް"
ރާއްޖެގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނައިފަހުން 15 އަހަރު ވަންދެން ރާއްޖޭގެ ވެރިކަން ބޮޑު ދެ ޕާޓީއެއްގެ ދެމެދުގައި ބެހިއްޖެ ކަމަށާއި، އެކަމުން ރައްޔިތުންނަށް ލިބުނު މާ ބޮދު ކުރިއެރުމެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
02 Aug 2023
ގާސިމްގެ ސްޕެޝަލް އެޑްވައިޒަރ އަކަށް އަލީ ވަހީދު!
ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ ސްޕެޝަލް އެޑްވައިޒަރ އަކަށް، އެ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު ހަމަޖައްސައިފި އެވެ.
15 Jul 2023
އަލީ ވަހީދަކީ ވަރަށް ވިސްނުންތެރި ބޭފުޅެއް، މިގައުމަށް މިިފަދަ މީހުން ބޭނުންވޭ: ޤާސިމް
މި ގައުމަށް ވިސްނުންތެރި މީހުން ބޭނުންވާ ކަމަށާއި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ އެފަދަ ބޭފުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.