ފުނަދޫގައި ބޭއްވި ޖަލްސާގައި ޢަލީ ވަޙީދު ވާހަކަދައްކަވަނީ. ފޮޓޯ:ޖޭޕީ
ހަބަރު
21 Aug 2023 | 07:34
ވެރިއަކަށް ގެންނަންވީ ރައްޔިތުންގެ އަތުގައި އޮންނަ ހައްޤު އަތުނުލާނެ ވެރިއެއް: ޢަލީ ވަޙީދު

ވެރިއަކަށް ގެންނަންވީ ރައްޔިތުންގެ އަތުގައި އޮންނަ ހައްޤުތައް އަތުނުލާނެ ވެރިއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް ބްރާހިމްގެ އިންތިޚާބީ މަންދޫބު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޢަލީ ވަޙީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕޭނަށް ށ ފުނަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންންއި އެކު ބޭއްވެވި ބައްދަލުވުމުގައެވެ.

"ސެޕްޓެމްބަރ 9 ވަނަ ދުވަހު ތިބޭފުޅުން މިޤައުމުގެ ވެރިއަކަށް ގެންނަންވީ ޣައިރު ޤާނޫނީ އަމުރު ނުކުރާނެ ވެރިއެއް، ތިބޭފުޅުންގެ އަތުގައި އޮންނަ ހައްޤު ނިގުޅައިގަނެގެން ނުދާނެ ވެރިއެއް، އިތުރު ސުވާލެއް ދެބަސްވުމެއް އޮތް ކަމެއް ނޫން، މިރާއްޖޭގަ މިފަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފަ ތިބި ކެންޑިޑޭޓުންގެ ތެރެއިން އިސްލާމް ދީނަށާއި،  ޤާނޫނު އަސާސީއަށާއި، ޤާނޫނާއި ޤަވާއިދުތަކަށް އަދި ދުރޫސުލް އަޚްލާޤާއި ސުލްޙަ މަސަލަސްކަމަށް ލޯބިކުރާ ހަމައެކަނި ކެންޑިޑޭޓަކީ އޭނާގެ މުޅި ޚަޔާތުގެ ޞަފްޙާ ތަކަށް ބަލާއިރު އަޅުގަނޑުމެންގެ ކެނޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާހިމް" ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޢަލީ ވަޙީދު ވިދާޅުވީ ނޮވެމްބަރު 17 ވަނަ ދުވަހު ރާއްޖޭގެ ރައީސް ކަމާއި ޤާސިމް އިބްރާހިމް ހަވާލުވެވަޑައިގަންނަވާނެ ކަމާއި މެދު މިހާރު އެބޭފުޅުން ޝައްކުނުކުރައްވާ ކަމަށެވެ.

"ސަބަބަކީ އަޅުގަނޑު މެންނާއި އެކު ކޯލިޝަން ހަދާފައި ތިބީ ރާއްޖޭގެ ރައްޔިތުން، ރާއްޖޭގެ ރަށްރަށުން ޤާސިމްގެ ފަހަތަށް އަރައިފިކަން މިދިޔަ ދެދުވަހެއްހާ ދުވަހުގެ ތެރޭގައި  އަޅުގަނޑުމެންގެ ކެމްޕޭނުން އަޅުގަނޑު މެންނަށް ފަހުމް ވަމުން އެބަދޭ، އަޅުގަނޑު މެން މިދައްކާ ވާހަކަ ޓީވީތަކުން މީހުން ބަލާ ކަމާ އަޑުއަހާކަމާއި ވިސްނާކަން އަޅުގަނޑުމެންނަށް އެބައިނގޭ، ދިވެހިންނަކީ މޮޔަބައެއް ނޫން، ދިވެހިންނަކީ ގަޅިހެއްދޭނެ ބައެއް ނޫން" ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޢަލީ ވަޙީދު ވިދާޅުވީ މިއަދަކީ ބައެއްގެ ފައިދަށަށް ވެއްޓި ދިވެހިންގެ މިނިވަންކަން ބަލައި ދިވެހި ބައެއް ވެރިން އައިސް އޮތް ދުވަހެއް ކަމަށެވެ. އަދި ރާއްޖޭގެ ކަންކޮޅުތަކުގައި އެހެން ޤައުމެއްގެ ސިފައިން ތިބި ވާހަކަ އަޑު ނާހައި ތިމަންނަމެންނަށް މުހިންމީ ރަށްރަށުގައި ބޮޑު ހިލަ ޖެހުން ކަމަށް ބުނެ އެކަން "އޯކޭ" ވެއްޖެނަމަ މީގެ ދެތިން އަހަރުފަހުން އެބޮޑު ހިލަތަކަށް އަމުރު ކުރަން އަންނަނީ ބޭރު ބައެއް ކަމަށް ވާނަމަ ރައްޔިތުން ކަރުނަ އަޅާނެ ކަމަށެވެ.

ޤާސިމަށް ވެރިކަން ދޭން ދެހަފްތާއެއްހާ ދުވަހަށް ވެފައި އޮއްވައި އެހެން ޤައުމެއްގެ ބަޔަކަށް ވެރިކަން ދިނުންފަދަ ބަޔަކަށް ވެރިކަން ދީފިނަމަ އުމުރުދުވަހު ކަރުނައަޅައި ރޯން ޖެހޭނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ރަނިންގމޭޓުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭނު ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.