ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު
ހަބަރު
22 Aug 2023 | 20:46
އިންޑިޔާއިން ނަގަމުންދާ ދަރަނިތަކާ ގުޅިގެން ނަޝީދުވެސް ހުންނެވީ ހަނު: އަލީ ވަހީދު

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން އިންޑިއާ މެދުވެރިވެރިކޮށް ނަގަމުންދާ ދަރަނިތަކާއި ގުޅިގެން ރައީސް ނަޝީދުވެސް ހުންނެވީ ހަނުކަމަށާއި އެ ވާހަކަތައް ދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަންނަވާކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ށ ނާވައިދޫގައި މިއަދު ކުރިއަށް ގެންދިޔަ ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދުވަނީ ޗައިނާއިން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސަމުންދާކަމުގެ ވާހަކަތައް ދައްކައި އެކަމާއި ދެކޮޅަށް އަޑު އުފުލާފައިކަމަށާއި އަދި ޗައިނާގެ ފަތުރުވެރިން ދިވެހިރާއްޖެއަށް ނާންނަ ވަރަށް އެ ވާހަކަތައް ވަނީ ދައްކަވައިފަކަމަށެވެ.

އެހެންނަމަވެސް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ވެރިކަމަށް އައުމާއިއެކު އިންޑިއާއިން ދަރަނި ނަގަމުންގޮސް “އަޅަން އުޅޭ ބުރިޖު ކަނޑު އަޑިއަށް އަޅަމުންދާއިރުވެސް” އިންޑިއާއިން “ދޭ” ދަރަނީގެ ވާހަކަތައް ދައްކަވަން އެންމެ ފަހަރަކުވެސް ރައީސް ނަޝީދަށްވެސް ކެރިވަޑައިނުގަންނަވާ 

އަލީ ވަހީދު 

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ، އެ ވާހަކަތައް ދައްކަވަން ނަޝީދަށް ކެރިވަޑައިނުގަންނަވާ ކަމަށާއި އިންޑިއާގެ ނަންވެސް ކިޔަން ކެރިވަޑައިނުގަންނަވާ އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު އަލީ ވިދާޅުވީ، ދިވެހި ރައްޔިތުން އެކަމާއިމެދު ވިސްނަވަން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ޒުވާން ޖީލުތަކަށް މިސާލު ދައްކަން ޖެހޭ ވެރިކަން އެކަންކަން ނުފެންނަކަމަށް ހެދުމުން ސުވާލު އުފެދިގެންދާކަމަށެވެ.

އޭނާ ވިދާޅުވީ، ކުރީގެ ރައީސ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ބުރިޖުވެސް އަޅާ ނިންމެވިކަމަށެވެ. އޭނާ ވިދާޅުވީ، އެ ދައުރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި އިމާރާތްތައްވެސް އަޅާފައިވާކަމަށާއި ދަރަނިވެސް ނެންގެވިކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވިދާޅުވީ، އޭރު އެ ވާހަކަތައް ދެއްކެވީ އެކަމަކީ ނުރައްކާތެރިކަމެއް ގޮތުގައި ދެކިގެންކަމަށެވެ.

އެހެންނަމަވެސް ރައީސް ސާލިހުގެ ވެރިކަމުގައި ރައީސް ޔާމީން ނެންގެވި އަދަދަށްވުރެ ބޮޑު އަދަދެއް އެހެންކަމަކުން ދަރަންޏަށް ނަގާއިރު، އެ ގައުމުގެ ނަން ބުނަން ނުކެރޭ ހިސާބަށް ދިއުމުން އެކަމާއި ސުވާލު ކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ، މި ޒަމާނުގައި ގައުމެއް ހިފުމުށް އަމަލުކުރަމުންދަނީ ކުރިން ކުރާ އުސޫލުން ބަޑި ފަދަ ހަތިޔާރު ބޭނުންކޮށްގެން ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު އަންނާނެ ބަޔަކު ތިބީ އަންނާނެ ގޮތަކަށް ހާޒިރުވެކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި ކެމްޕެއިން ޓީމުން އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވާއިރު މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.