ޤާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު
ހަބަރު
19 Aug 2023 | 12:47
މި ޤައުމުގައި ތިބެން ނުޖެހޭ މީހުން މި ޤައުމުގައި އެބަ ތިބި: އަލީ ވަހީދު

މި ޤައުމުގައި ތިބެން ނުޖެހޭ މީހުން އެކި ސިފަސިފައިގައި ގިނަ އަދަދަކަށް މި ޤައުމުގައި އެބަ ތިބިކަމުގައި ވިދާޅުވެ އިންޑިޔާ ސިފައިން މި ރާއްޖޭގައި ތިބުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު ނުސީދާގޮތެއްގައި ފާޑުވިދާޅުވެއްޖެއެވެ. 

އަލި ވަހީދު މި މޭރުމުން ވާހަކަ ދައްކަވައި ފާޑުވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓާއި ކެމްޕެއިން ޓީމުން ށ ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. 

އަލީވަހީދު އިތުރަށް ވިދާޅުވީ އިތުރު ތިލަފަޅުގެ ވާހަކަ ދައްކާއިރު އުތުރު ތިލަފަޅަށް މި ރާއްޖެގެ ސިފައިންނަށް ނުވަތަ ރާއްޖެގެ ޑިފެންސް މިނިސްޓަރަށް ހުއްދަ ނުދެވޭ ހިސާބަށް އުތުރު ތިލަފަޅުގެ ކަންކަން ދިޔުމުން އެކަމާމެދު ކަންބޮޑުވާން ޖެހޭ ކަމުގައެވެ. 

ރަށެއްގައި ޖަހާ ބޮޑުހިލައަކުން ބޮޑުހިލަ ބަނދަރަކުން ، ނުވަތަ އަޅާ ނަރުދަމާއަކުން ދެން މި ރަށްރާށުގައި ވަށައިގެން މުސްތަގުބަލުގައި ވާނެގޮތަކަށް ނުވިސްނައިފިނަމަ ދެން މާދަމާ ވާނެގޮތަށް އަޅުގަނޑުމެން ކަރުނަ އަޅަންޖެހިދާނެ 

އަލީ ވަހީދު ނުސީދާގޮތެއްގައި ވިދާޅުވިއެވެ. 

މިއާ ވިދިގެން އަލީ ވަހީދު ވިދާޅުވީ، އޮނަރަބަލް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި އުތުރު ތިލަފަޅުގެ އެއްބަސްވުން އެ ބޭފުޅުން ހާމަކުރާނެ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް ހުރަސްއެޅޭ އެއްޗެއް އޭގައި އޮތްނަމަ ވަގުތުން ވަގުތަށް އެ ރޫޅާލާނެ ކަމުގެ ޔަގީންކަަންވެސް އަރުވާކަމުގައެވެ. 

އަލީވަހީދު އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަންނަނީ ޕާޓީތައް ރޫޅާލަން ނުން ކަމަށާއި، އަދި ތަރައްޤީ ރޫޅާލަންވެސް ނޫން ކަމަށާއި އެ ޕާޓީިން މި އަންނަނީ ދިވެހިރާއްޖެ އަޅުވެތިކަން ކުރަން އުޅޭ މީހުން ރޫޅާލަންކަމުގައި ވިދާޅުވެފައެވެ. 

ކައިރީގައި މި އޮތް ހަނިމާދޫއަށް ބަލައިލި ކަމުގައި ވިޔަސް އެކި ނަންނަމުގައި، ކޮންސްޓްރަކްޝަން މީހުންގެ ނަމުގައްޔާއި، ރިސަރޗް ކުރާ މީހުންގެ ނަމުގައްޔާއި، ސެޓަލައިޓް އެއްޗިހި ބަލާމީހުންގެ ކަމުގައްޔާއި، ރާޑަރު ހަރުކުރާ މީހުންގެ ނަމުގައްޔާއި ހެލިކޮޕްޓަރު އެއްޗިހި ދުއްވާ މީހުންގެ ނަމުގައި ، އެކި ނަންނަމުގައި މި ރާއްޖެއަށް ބޭރުގެ ސިފައިން މިދަނީ ވައްދަމުން

އަލީ ވަހީދު ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއާ ވިދިގެން އަލީ ވަހީދު ވިދާޅުވީ، ހެލިކޮޕްޓަރެއް ދުއްވަން ރާއްޖޭގެ ޕައިލެޓުންނަށް ނޭނގޭ ކަމުގައި ރާއްޖޭގެ ވަޒީރުން ނުވަތަ ވެރިން ވިދާޅުވާނަމަ އެއީ ވިސްނުމުގެ ކޮށިކަމެއް ނުވަތަ އެއީ އެހެން އެޖެންޑާއެއްކަމުގައި ވިދާޅުވެފައެވެ. 

ކުޑަތަންވަމުން އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓާއި ކެމްޕެއިން ޓީމުން އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިންގެ ހަރަކާތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދާއިރު، އެ ޕާޓީން އަންނަނީ ޕާޓީގެ މެނިފެސްޓޯ އިއުލާންކޮށް ރައްޔިތުންނަން ގިނަ ވައުދުތަކެއް ވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.