ޢަލީ ވަހީދު-- ފޮޓޯ/ ޖޭޕީ
ހަބަރު
16 Aug 2023 | 11:44
"ކެންޕެއިން ކުރިއަށް ގެންދާނީ ގާސިމްގެ ދިރިއުޅުމުގަ ކަންކަން މިހާތަނަށް ކުރިޔަށް ގެންދެވި ގޮތަށް"

‏ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޕެއިން ކުރިއަށް ގެންދަވާނީ، އެ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމް ގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވި ގޮތަށް، ކަމަށް، އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރޭ ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި އެމަނިކުފާނުގެ ރަނިންމޭޓް އަމީން އިބްރާހިމްގެ އިތުރުން ޕާޓީގެ އިސް ލީޑަރުން ހިމެނޭހެން، ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކާއި، ސަޕޯޓަރުންނަށް ހާއްސަކޮށްގެން ޖޭޕީން ވަނީ ހޮޓެލް ޖެންގައި ޚާއްސަ ހަފްލާއެއް ކުރިއަށް ގެންގޮސްފައެވެ. 

މިހަފްލާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގަ ހުރިހާ ދާއިރާއަކުން ބެލި ނަމަވެސް، އެ ދާއިރާ ތަކަށް ގާސިމް އިބްރާހިމް ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި އެއްވަރަށް އެހެން އެއްވެސް މީހަކު ޚިދުމަތްކޮށްދެއްވާފައި ނުވާނެ ކަމަށެވެ. 

އަދި އެންމެ 15000 ރުފިޔާގެ ލޯނަކާއި އެކު ފެއްޓެވި މަސައްކަތުން ރާއްޖޭގެ އެންމެ ފުންނާބުއުސް ވިޔަފާރިވެރިޔާ އަށް ގާސިމް ވެގެން ދިޔައީ، އެމަނިކުފާނުގެ ވިސްނުމުގެ ހުރި ތަނަވަސް ކަމުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. 

"ޖަރުމަނުގައި އަޅުގަނޑާއި އެކު ހުރި ދެ ހަފްތާ. ރޭގަނޑު ނިދި ކުރައްވަނީ އެގާރަ، ބާރަ، އެކެއް ޖަހާއިރު، ފަތިސް ނަމާދަށް ހޭލައްވާ. އަޅުގަނޑު ގާސިމް ކައިރިން އެހިން ގާސިމް ކީއްކުރަންހޭ ތިހާ ބުރަކޮށް ތި އުޅުއްވަނީ. ވިދާޅުވީ، ތިމަންނަ ނިދާނީ ތިމަންނަ މާދަމާ ބޭނުން ކަންކަން ހާސިލް ކޮށްފައޭ." 

ގާސިމްގެ ޚާއްސަ އެޑްވައިޒަރ އަލީ ވަހީދު 

މީގެ އިތުރުން ޖޭޕީގެ ކެންޕެއިންވެސް ކުރިއަށް ގެންދަވާނީ ގާސިމްގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވި ފަދައިންކަން ފާހަގަކުރައްވަމުން ޢަލީ ވިދާޅުވީ، ޖޭޕީގެ މިފަހަރު ކެމްޕޭނުގައި އެންމެ ގިނަ ދިދަ ދަނޑި ދަމައި، އެންމެ ގިނަ ފޮތި ދަމާން ބޭނުން ނުވާ ކަމަށެވެ. 

"ކުރަން މިއުޅޭ ކަމަކީ، މީހާއަށް، ރައްޔިތުންނަށް، ނިޒާމަށް ބަދަލެއް ގެނައުން. ކުލަގަދަކޮށްގެން އެއްބަޔަކު އަނެއްބަޔަކު ޒުވާބު ހިންގައިގެން މިގައުމަށް ލިބޭނެ ކުރިއެރުމެއް ނެތްކަން ފާއިތުވި 15 އަހަރު ދުވަހުގެ މަލްޓި ޕާޓީ ޕޮލިޓިކްސްއިން އެނގިއްޖެ."

"އެހެންވީމާ ގާސިމް އިބްރާހީމް މިފަހަރު މި އިންތިހާބުގަ އެމަނިކުފާނުގެ މުޅި އިންތިހާބީ ކަންކަން ކުރިޔަށްގެންދަވާނީ ދިރިއުޅުމުގަ ކަންކަން މިހާތަނަށް ކުރިޔަށް ގެންދެވި ގޮތަށް. އެއީ ދުވަހަކުވެސް މީހަކަށް އަނިޔާއެއް ދީ ނުވަތަ ދުވަހަކުވެސް މީހަކަށް ދަޖަލުކޮށް އެގޮތަކަށް އެއްވެސް މައިދާނެއްގައި އުޅުއްވި ބޭފުޅެއް ނޫން. އަބަދުވެސް ބެއްލެވީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެވޭތޯ."

ގާސިމްގެ ޚާއްސަ އެޑްވައިޒަރ އަލީ ވަހީދު

ރޭގެ ހަފްލާގައި ބައިވެރިވި ހުރިހާ ދާއިރާތަކުގައި ހިމެނޭ ފަރާތްތަކަށް ޚާއްސަކޮށްގެން ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ ތަފްސީލް ޢަލީ ވަހީދުވަނީ ދެއްވާފައެވެ. އަދި އެކަންކަމާއި ގުޅިގެން ދާއިރާގެ ފަންނީ މާހިރުން ދެކޭ ގޮތާއި، އެމީހުންގެ ޚިޔާލެއް އޮތް ނަމަ، އެކަންކަން ވެސް ވަނީ ހޯއްދަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.