އަލީ ވަހީދު ޤާސިމްގެ އަރިހުގައި/ ފޮޓޯ: ޖޭޕީ
ހަބަރު
10 Aug 2023 | 12:29
ޖޭޕީއަށް ފުރުސަތު ނުލިބި 15 އަހަރު ވެރިކަން ބެހިއްޖެ، ވީކަމެއް ނެތް: އަލީ ވަހީދު

ރާއްޖެގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނައިފަހުން 15 އަހަރު ވަންދެން ރާއްޖޭގެ ވެރިކަން ބޮޑު ދެ ޕާޓީއެއްގެ ދެމެދުގައި ބެހިއްޖެ ކަމަށާއި، އެކަމުން ރައްޔިތުންނަށް ލިބުނު މާ ބޮދު ކުރިއެރުމެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބުނެފިއެވެ. 

އަލީ ވަހީދު މިފަދައިން ބުނެފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ނެވެ. 

އަލީ ވަހީދު ބުނީ މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައީ ރައްޔިތުން ދަބަލަކަށް ބޭނުންވެގެން ކަމަށެވެ. އެހެން ނަމަވެސް، އެއީ ގެނެވުނު ހެޔޮ ބަދަލެއްކަމާއި މެދު މިހާރު ސުވާލު އުފެދޭކަމަށް އޭނާ ބުނެފައިވެއެވެ. 

އެގޮތުން އެ ވެރިކަން ނިމުމަކަށް ގެނެސް މިވީ 15 އަހަރުގެ ތެރޭގައި އަދިވެސް ރައްޔިތުން ދައްކަމުންދަނީ އަސާސީ ޚިދުމަތްތައް ލިބެމުން ނުދާ ވާހަކަތައްކަން އަލީ ވަހީދު ފާހަގަކުރިއެވެ. ބޮޑު ދެ ޕާޓީގެ މެދުގައި ވެރިކަން ބަހާލައިގެން 15 އަހަރު ފާއިތުވެގެން ދިޔައިރު، ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދި ހުރުމުން، އެ ނޫން ވިސްނުންތައް ގެންގުޅެން ޖެހޭކަމަށް އެނާ ބުންޏެވެ. 

"2018 އުން ސުރެ ސަބްސްޓެންސްއެއް ނެތި ދިވެހި ރައްޔިތުން 15 އަހަރު ގޮބޯ ހައްދައިފި. ސިޔާސީ ޕޯޑިއަމްތަކުގައި. އެހެންވީމަ ރަށްރަށުގައި މަގު ނުހެދި މި އޮތީ. އެހެން ވީމަ އަދިވެސް ބޭސް ސިޓީއަށް ސަލާމް މި ޖެހެނީ، އެއީ ނުބައި ޗޮއިސް އަޅުގަނޑުމެންނަށް މޭކް ކުރެވޭތީ. އަޅުގަނޑުމެން މި 30 ދުވަހު މަސައްކަތް ކުރާނަން ތިބޭފުޅުންނަށް މި 15 އަހަރު މަލްޓި ޕާޓީ ޕޮލިޓިކްސްގައި ނުލިބުނު ބަދަލު ހޯދައިދެވޭނެ ހެޔޮ ގޮތް ތިބޭފުޅުންނަށް ކިޔާދެވޭތޯ"

އަލީ ވަހީދު

އެކަން ކަން ފާހަގަކުރައްވާ އަލީ ވަހީދު ބުނީ 15 އަހަރު ވީ އިރު ފުރުސަތު ނުލިބި އޮތީ ޖުމްހޫރީ ޕާޓީއަށް ކަމަށެވެ. 

އެހެން ނަމަވެސް ޖުމްހޫރީ ޕާޓީއަކީ ޤާބިލު މީހުން ތިބި ޕާޓީއެއް ކަމަށާއި، އެ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނެރެ މެނިފެސްޓޯއަކީ ވެސް ރައްޔިތުންގެ ވަރަށް ގިނަ މައްސަލަތައް ޙައްލުކުރާނެ ގޮތްތައް ހިމަނާފައިވާ މެނިފެސްޓޯއެއްކަމަށް އަލީ ވަހީދު ބުންޏެވެ. 

އޭނާ އިތުރަށް ބުނީ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު، ރައްޔިތުން ގޮތެއް ނިންމާއިރު، ޖޭޕީހެ މެނިފެސްޓޯ ކިޔާ ދިރާސާކުރުން މުހިންމު ކަމަށެވެ. އަދި މާޒީގައި ކަންކަން ވެފައިވާ ގޮތާއި ދޭތެރޭގައި ވިސްނާ ފިކުރުކުރުން ވެސް މުހިންމު ކަމަށެވެ. 

ބޮޑު ދެ ޕާޓީގެ މެދުގައި ވެރިކަން ބަހައިގެން ރައްޔިތުންނަށް ވީ ފައިދާއެއް ނެތްއިރު، މިފަހަރު މީ ޖުމްހޫރީ ޕާޓީގެ ފަރަހަށް ހެއްދެވުމަށް އަލީ ވަހީދު ވަނީ އިލްތިމާސްކޮށްފައެވެ. 

ކޮމެންޓް
އާދަނު123
މިރާއްޖޭގެ ވެރިކަމަށްކަށް ގާސިސިމެއް ނުހޮވޭނެ އެއީ ހުރިހާދިވެހިންނަށް ޔަގީންވާކަމެއް، މިހާތަނަށް ކުރިމަތި ލައިގެން ވެސް ފެއިލްވެފަ އޮތީ
10 Aug 2023
ކޮވެލިސަން
ބަލަ ކޮންމެ ވެރިކަމެއްގަވެސް ޖޭޕީ ވަނީ ތަދައްޚުލް ވެފަޔޭ. ބޯކިބަލުގެ އެއްފަޅި ކަޔޭ. ނުވިތާކަށް ބަދަލުގެ ގޮތުގަ އެނަގާ ބައިވަރު ގަނޑޯ… ދެލޯފުޅާ މީހެއްގެ ހިތްފުރޭނެ ނަމަ ތިޔަ ބޭގަނޑުގެ އަދިވެސް އިތުރު މީހަކާ ދެވާ
10 Aug 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.