ހާއްސަ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސި އަލީ ވަހީދު، އިސްމާއިލް ޝުޖާ އަދި އިބްރާހިމް ޝުޖާއާއެކު ގާސިމް އިބްރާހިމް
ހަބަރު
02 Aug 2023 | 18:32
ގާސިމްގެ ސްޕެޝަލް އެޑްވައިޒަރ އަކަށް އަލީ ވަހީދު!

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ ސްޕެޝަލް އެޑްވައިޒަރ އަކަށް، އެ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު ހަމަޖައްސައިފި އެވެ.

މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ 159 ވަނަ ކައުންސިލް ބައްދަލުވުމުގައި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމަށް ތިން ބޭފުޅަކު ވަނީ އައްޔަނު ކޮށްފައެވެ. އޭގެ ތެރޭގައި އަލީ ވަހީދު ވެސް ހިމެނޭކަމަށް އެ ޕާޓީން ކޮށްފައިވާ ޓުވީޓެއް ގައި ހާމަކޮށްފަ އެވެ. އަލީ ވަހީދުގެ އިތުރުން ގާސިމްގެ އެޑްވައިޒަރުންނަށް ހަމަޖައްސާފައިވަނީ އިސްމާއިލް ޝުޖާ އަދި އިބްރާހިމް ޝުޖާއުއެވެ. 

އަލީ ވަހީދު މީގެ ކުރިން ވެސް ގާސިމްގެ ހާއްސަ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އެއަށްފަހު، އެ އެ ޕާޓީގެ ރައީސްކަން އޭނާ ކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ކޯލިޝަން ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރ ކަމަށްވެސް އޭނާ އައްޔަނު ކުރެވުނީ ޖޭޕީގެ ސްލޮޓެއްގަ އެވެ.

އެހެންނަމަވެސް، އެ މަގާމުގައި ހުރެގެން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ އުފުލުމާއި އެކު، އިނގިރޭސި ވިލާތަށް އަރުވާލެވިގެންވެސް ގިނަ ދުވަސްތަކެއް ވަންދެން އޭނާ ހުއްޓެވެ.

އެއަށްފަހު، އެ މައްސަލާގައި ދައުވާތައް ސާބިތު ކުރަން ހެކިބަސް ދޭން ތިބި ގިނަ ބަޔަކު މިހާރު ހެކިބަސް ދޭން ބޭނުންނުވާތީ އެ މައްސަލަތައް ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން މައްސަލަ އަނބުރާ ގެންދިޔުމުން އަލީ ވަހީދު ވަނީ ރާއްޖެ އައިސްފައެވެ.

އަލީ ވަހީދު ރާއްޖެ އައުމުން ގާސިމް އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.