އަލީ ވަހީދު ޖޭޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
27 Aug 2023 | 11:00
ޤާސިމްގެ ވެރިކަމެއްގައި ކުޅިވަރުގެ ހުނަރުވެރިން އާ ހަރުފަތަކަށް ގެންދާނެ: އަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ ވެރިކަމެއްގައި ކުޅިވަރުގެ ހުނަރުވެރިން އާ ހަރުފަތަކަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ޤާސިމްގެ އިންތިޚާބީ އޭޖެންޓު އަދި މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. 

އަލީ ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ޤާސިމް އިބްރާހިމް އދ މަހިބަދޫއަށް ކުރެއްވި ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނެވެ. 

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވަނީ މަހިބަދޫއިން އުފެއްދި ޤައުމީޓީމު ތަމްޞީލުކުރި ފުޓްބޯޅަ ކުޅުންތެރިންނަށް ތައުރީފްކުރައްވާ އެކުޅުންތެރިން ގައުމަށް ހޯދާދީފައިވާ ކާމިޔާބީތަކުގެ ހަނދާން އައު ކުރައްވާފައެވެ.

އަލީވަހީދު ވިދާއަޅުވީ ޒުވާނުންނާއި ކުޅިވަރަށް އެންމެ ފުރިހަމަ މެނިފެސްޓޯއެއް ގެނެސްދީފައިވަނީ ގާސިމް އިބްރާހިމް ކަމަށާއި މަހިބަދޫފަދަ ކުޅިވަރުގެ ހުނަރުވެރިން އުފައްދާ މަރުކަޒަކުން ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި އައު ހަރުފަތްތަކަށް ދިއުމުގެ ފުރުޞަތު ތަނަވަސްވާނެ ކަމަށެވެ.

މަހިބަދޫއަކީ މަސްވެރި ރަށަކަށްވުމާއެކު ޤާސިމްގެ ވެރިކަމެއްގައި ހުރި ފުރުޞަތުތަކާއި ބެހޭ ގޮތުން އަލީ ވަހީދު ވަނީ މަހިބަދޫގެ ރައްޔިތުންނަށް މައުލޫމާތު ދެއްވާފައެވެ. ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވުމާއެކު ކަނޑުރޯދިން ނަފާ ހޯދުމަށް ފުރުޞަތު ގާސިމްގެ ވެރިކަމެއްގައި އިތުރު ވަސީލަތްތަކާއެކު ފުރިހަމަކޮށްދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ "އިބޫ ޞާލިހު" ނޫންގޮތެއް ހޯދާއިރު ދެވަނަ އިބޫ ޞާލިޙެއް ގެނެވިދާނެ ކަމަށް ރައްޔިތުން ސަމާލުވަންޖެހޭ ކަމަށެވެ. ޕީޕީއެމްގެ އެންމެ ގިނަ މެމްބަރުން ލޯބިވާ ރައީސް ޔާމީން އޮންނެވީ ޖަލުގައި ކަމަށާއި އެމަނިކުފާނު މިނިވަންކުރުމަށް ގިނަ ބޭފުޅުން މަސައްކަތް ކުރަވަމުންދަނިކޮށް ޕީޕީއެމްގެ ތެރެއިން ޑިމޮކްރެޓިކް ޕްރޮސެސްއެއްނެތި ޕީޕިއެމް ބޭނުންވާ ކެންޑިޑޭޓަކުނެރުމުގެ ފުރުޞަތު ނުލިބި އެހެން ޕާޓީއަކަށް ޓިކެޓް ލިބި ތާއީދު ކުރަންޖެހުނު ގޮތާއިމެދު ވިސްނަންޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

" ޕީޕީއެމްގެ ލީޑަރުތޯ ނުކުމެ ހުންނެވީ. ނޫން އިނގޭތޯ. ޕީޕީއެމްގެ މެންބަރުންނަށް ގާސިމް ގޯހެއްނުވާނެ. " 

އަލީ ވަހީދު

ވެރިކަމެއް ގެނެސްދިނުމުން ގާސިމް ބޭކާރުވެ ވަނީ ސޭޓަށް ކަމަށާއި ދެވަނަ ބުރަކަށްދާންޖެހުމުން އެއީ ގައުމީ ބަތަލުކަމަށާއި، އެއީ ބޮޑު ތަކުރުފާނު ކަމަށާއި، ކުނޫޒާއި މާފަންނުވިލާ ކައިރިން ސިޔާސީ ލީޑަރުން ފިލާނުދާކަން އަލީ ވަހީދުގެ ވާހަކއިގައި ފާހަގަކުރެއްވި އެވެ. 

އެހެންކަމުން މި އިންތިޚާބުގައި ރައްޔިތުން މި ކަންކަމާއި ދޭތެރޭ ފުންކޮށް ވިސްނެވުމަށްފަހު ގޮތެއް ނިންމެވުމަށް އަލީ ވަހީދު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.