ޖޭޕީން އަރިއަތޮޅުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޖޭޕީ
ހަބަރު
26 Aug 2023 | 14:16
ފުރަތަމަ ބުރުން ނާކާމިޔާބު ވެއްޖެނަމަ، އެހެން ވެރިއެއް ގެންނަން މަސައްކަތް ނުކުރާނަން: ޢަލީ ވަހީދު

މިއަހަރުގެ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސް، އެ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވާދަ ނުކުރާނަމަ، ދެވަނަ ބުރުގައި ވާދަކުރާ އެހެން ކެންޑިޑޭޓެއް ވެރިކަމަށް ގެނައުމަށް އެ ޕާޓީން މަސައްކަތް ނުކުރާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ. 

މިއަދު އދ. ހަންޏާމީދޫ ގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރަކީ ޖުމްހޫރީ ޕާޓީން ވަރަށް މަސައްކަތް ކޮށްގެން ގެނައި ސަރުކާރެއް ކަމަށެވެ. އެހެންނަމަވެސް، މިސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ޚިޔާނާތްތެރި ވެފައިވާ ކަމަށާ، އެފަދަ ކަންކަމާއި ގާސިމް ސުވާލު އުފެއްދެވުމުންވެސް އެމަނިކުފާނަށް ސަރުކާރުން މަލާމާތް ކުރަމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. 

ޢަލީ ވަހީދު ވިދާޅުވީ، އެފަދައިން މަލާމާތްކޮށް ހަޖޫ ޖަހައިގެން ސަރުކާރަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ. 

މިއާއެކު ޢަލީ ވަހީދު ވިދާޅުވީ، މި އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބީ ލިބިއްޖެ ނަމަ ދެވަނަ ބުރުގައި އެހެން ކެންޑިޑޭޓެއްގެ ފަހަތަށް އެރުމުގެ ބަދަލުގައި މަސައްކަތް ކުރާނީ މަޖިލީހަށް ޖޭޕީގެ މެންބަރުން އިތުރު ކުރުމަށް ކަމަށެވެ. 

"ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް، ތިންވަނަ ބުރެއްގެ ވާހަކަ އަޅުގަނޑުމެން ނުދައްކާނަން. މިއަދު މަތިންދާ ބޯޓުން އަޅުގަނޑުމެން އައި އިރު, ޢަލީ ހުސެއިން އާއި އަޅުގަނޑު ވާހަކަ ދައްކަމުން ދިޔައިރު، އަޅުގަނޑު ދެންނެވިން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު އަޅުގަނޑުމެން މަސައްކަތް ކުރާނީ ދެވަނަ ބުރަކަށް ނޫނޭ. އަޅުގަނޑުމެން ދެން މަސައްކަތް ކުރާނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް، ގާސިމް އިބްރާހިމް އަށް ތާއީދު ކުރާ، ދިވެހި މިނިވަންކަމަށް ތާއީދު ކުރާ މެންބަރުން ގިނައިން ވައްދާށޭ." ޢަލީ ވަހީދު ވިދާޅުވިއެވެ. 

އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް މިފަހަރު ނެތް އެހެން ވެރިއެއް ރާއްޖޭގެ ވެރިކަމަށް ގެންނާކަށެއް. އެކަން ތި ލޮބުވެތި މެންބަރުންނާއި އެކު ގާސިމް ކުރައްވާތާ 15 އަހަރު ވެއްޖެ. އޭގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަކަށް ނުފެނުނު. ކޮންމެ ފަހަރަކު އޭގެ ބްލޭމް މި އަޅުވަނީ ގާސިމްގެ ބޮލުގައި. 

ޢަލީ ވަހީދު 

އެހެން ކަމުން، އަރިއަތޮޅުގެ ކޮންމެ ރައްޔިތެއްގެ ވޯޓު ފަސް ވޯޓަށް ހައްދަވައިގެން، އެހެން އަތޮޅު ތަކުގައި ތިބި ރަހުމަތްތެރިންގެ އަރިހުން ދަންނަވައިގެންވެސް ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށް ޢަލީ ވަހީދު ވަނީ އެދިވަޑައިގެންފައެވެެ. 

ކޮމެންޓް
އަލީ ބުނީ
ދެންވާހަކަ ގިނަކުރާނެ ކަމެއްނެތް މިހާރުވެސް ތިބޭފުޅުންނައް ޔަގީންކޮއް އިނގޭނެ މިއިންތިހާބުން ޖޭޕީ އައްވެރިކަން ނުލިބޭނެކަން.
27 Aug 2023
ޢަލީ
ތީ ބޯގުނާ ޕާޓީއެއްނޫން
27 Aug 2023
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ