22 Jan 2024
ތަފާތުބޮޑު ނަތީޖާއަކުން ހަންޏާމީދޫ ބަލިކޮށް މަހިބަދޫ އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ އދ. އަތޮޅު، އަތޮޅު ބުރުގެ ގުރޫޕް ދޭއްގައި މަހިބަދޫ އާއި ހަންނާމީދޫ ވާދަކުރި މެޗު ފަސޭހަކަމާއި އެކު 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް މަހިބަދޫ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
19 Jan 2024
ފަހުވަގުތު ޖުމާން ކާމިޔާބުކުރި ލަނޑާއެކު މަންދޫ އިން ހަންޏާމީދޫ ބަލިކޮށްފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ އދ. އަތޮޅު، އަތޮޅު ބުރުގެ ގުރޫޕް އެކެއްގައި ހަންޏާމީދޫ އާއި މަންދޫ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން މަންދޫ އިން ކާމިޔާބުކޮށްފި އެވެ.
14 Sep 2023
މުއިއްޒުގެ ވެރިކަމެއްގައި ހަންޏާމީދުއަށް ފީފާގެ ސްޓޭންޑަރޑް އަށް ފެތޭ ފުޓްބޯޅަ ދަނޑެއް
އދ ހަންޏާމީދޫ ޒުވާނުންގެ އެދުމާއި އެއްގޮތަށް އެމަނިކުފާނުގެ ސަރުކާރެއްގައި އެ ރަށުގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ ގެ ސްޓޭންޑަރޑް އަށް ފެތޭ ފުޓްބޯޅަ ދަނޑެއް އަޅައިދިނުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވައުދުވެޑައިގެންފިއެވެ.
26 Aug 2023
"ފުރަތަމަ ބުރު ނާކާމިޔާބުވެއްޖެނަމަ، އެހެން ކެންޑިޑޭޓެއްގެ ފަހަތަށް ނާރާނެ"
މިއަހަރުގެ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސް، އެ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވާދަ ނުކުރާނަމަ، ދެވަނަ ބުރުގައި ވާދަކުރާ އެހެން ކެންޑިޑޭޓެއް ވެރިކަމަށް ގެނައުމަށް އެ ޕާޓީން މަސައްކަތް ނުކުރާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
26 Aug 2023
މަލާމާތް ނުކޮށް އިންޑިޔާ ސިފައިންނާ ގުޅޭ ސުވާލުތަކަށް ޖަވާބުދީ!
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް މަލާމާތް ނުކޮށް، އެމަނިކުފާނު އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ކުރެއްވި މުހިންމު ސުވާލުތަކަށް ޖަވާބު ދެއްވުމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރ ޢަލީ ވަހީދު، ސަރުކާރަށް ގޮވާލައިފިއެވެ.