ޑރ މުހައްމަދު މުއިއްޒު
ހަބަރު
14 Sep 2023 | 14:35
މުއިއްޒުގެ ވެރިކަމެއްގައި ހަންޏާމީދުއަށް ފީފާގެ ސްޓޭންޑަރޑް އަށް ފެތޭ ފުޓްބޯޅަ ދަނޑެއް

އދ ހަންޏާމީދޫ ޒުވާނުންގެ އެދުމާއި އެއްގޮތަށް އެމަނިކުފާނުގެ ސަރުކާރެއްގައި އެ ރަށުގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ ގެ ސްޓޭންޑަރޑް އަށް ފެތޭ ފުޓްބޯޅަ ދަނޑެއް އަޅައިދިނުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވައުދުވެޑައިގެންފިއެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އަރިއަތޮޅުގެ 9 ރަށަކަށް މިއަދު ކުރަމުން ގެންދާ ދަތުރުތަކުގައި އދ ހަންޏާމީދުއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

މުއިއްޒުގެ ވާހަކަ ފުޅުގައި ވިދާޅުވީ، ދިވެހިންގެ ސަގާފީ ތަރިކަތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ މިހާރަށް ވުރެ އިސްކަމެއް ދީގެން ކުރަންޖެހޭ މަސައްކަތެއްކަމަށާއި އެ މަނިކުފާނުގެ ސަރުކާރެއްގައި ހަންޏާމީދޫގައި ހުރި މުހިއްމު އާޘާރީ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރާނެ ކަމުގައެވެ. 

އެތަން ހިމާޔަތްކުރެވޭ ގޮތަކަށް އެއީ ޓުއަރިޒަމް ވެސް ކުރިއެރުވޭ ގޮތް ވެއްޖިއްޔާ އެއީ އާމްދަނީ ލިބޭނެ ރަނގަޅު ގޮތެއް 

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުންވެސް ހަންޏާމީދުއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެން ކަންތައްތަކުގެ ތެރޭގައި: 

- ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަލްޓިޕާޕަސް ހޯލު ހިމެނޭހެން އިތުރު ކްލާސްރޫމްތައް އެޅުން 

- ރަށުގެ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުން 

- ރައްޔިތުންގެ މަޝްވަރާއާއެކު ރަށުގެ ދޯނި އެހެލާ ސަރަހައްދު އެހެން ދިމާއަކަށް ބަދަލު ކުރުން 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ