ޢަލީ ވަހީދު-- ފޮޓޯ/ ޖޭޕީ
ހަބަރު
26 Aug 2023 | 13:10
އަލީ ވަހީދު ސަރުކާރަށް: މަލާމާތް ނުކޮށް އިންޑިޔާ ސިފައިންނާ ގުޅިގެން ކުރާ ސުވާލުތަކަށް ޖަވާބުދެއްވާ!

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް މަލާމާތް ނުކޮށް، އެމަނިކުފާނު އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ކުރެއްވި މުހިންމު ސުވާލުތަކަށް ޖަވާބު ދެއްވުމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރ ޢަލީ ވަހީދު، ސަރުކާރަށް ގޮވާލައިފިއެވެ. 

ރިޔާސީ ކެންޕެއިނަށް އަރިއަތޮޅަށް ޖޭޕީގެ ޓީމުން މިއަދު ދަތުރު ފަށާފައިވާއިރު، އެ އަތޮޅު ދެކުނު ބުރީ ހަންޏާމީދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި ޓީމު ވަނީ ބައްދަލުކުރައްވާފައެވެ. 

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަލީ ވަހީދު ވިދާޅުވީ، ރިޔާސީ ކެންޕެއިނަށް ގާސިމް އާއި ޓީމުން ރާއްޖޭގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުތަކުގައި ގާސިމް އާއި ޓީމުން ދައްކަވަމުންދާ ވާހަކަތައް ރައްޔިތުން އަޑުއަހައި ބަލައިގަންނަމުންދާ ކަމަށާ، އެހެންނަމަވެސް އެކަމާއި ގުޅިގެން ސަރުކާރަށް ނިސްބަތްވާ ބޭފުޅުންނަށް ކުރައްވަމުންދާ ހަމައެކަނި ކަމަކީ މަލާމާތް ކުރެއްވުން ކަމަށެވެ. އަދި އެކަމާއި ހިތާމަ ކުރައްވާ ކަމަށްވެސް ޢަލީ ވަހީދު ވިދާޅުވިއެވެ. 

ގާސިމް ނެންގެވި މުހިންމު ނުކުތާތައް, ރާއްޖޭގެ މިނިވަންކަމާ ގުޅޭގޮތުން، ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ގުޅޭގޮތުން، އަދި ރާއްޖޭގެ މުސްތަގުބަލާއި ގުޅޭގޮތުން، އަޅުގަނޑުމެންގެ މި ކެންޕެއިނުގައި ދެއްކި އެއްވެސް ވާހަކަ އަކަށް ޖަވާބެއް، ސަރުކާރަކުން އަދި އެހެން އެއްވެސް ފަރާތަކުން ދެވިފައެއް ނުވޭ. އޭގެ ބަދަލުގައި ފާޑުފާޑުގެ ވީޑިއޯ ކޮޅު ހަދައިގެން ދައްކަމުން ދިޔައީ ރަށަކަށް އަރައި ރަށެއްގެ ނަން އެއްސެވި ވާހަކަ. އޭގެ މައްސަލައެއް އަޅުގަނޑަށް އެއްގޮތަކަށްވެސް ނުފެނޭ. ސަބަބަކީ އަޅުގަނޑުމެން ދުވާލަކު 6 ރަށް 7 ރަށަށް ދާއިރު އެ ރަށެއްގެ ރައްޔިތުންނަށް އިހްތިރާމް ކުރުމުގެ ގޮތުން އެ ނަން އަހާލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ގާސިމްގެ މިޒާޖުފުޅުގަޔާއި، އަދި ގާސިމް ދަންނަ ކޮންމެ ބޭފުޅަކަށް އެނގިލައްވާނެ އެކަމަކަށް ދެއްވާ އަހަންމިއްޔަތު ކަން. 

ޢަލީ ވަހީދު 

އަލީވަހީދު ވިދާޅުވީ ގާސިމް ދެއްކެވި ވާހަކަފުޅުތަކުގެ އޮއްޓަރަށް ބެލުމެއް ނެތި ސަރުކާރުން އެކަމަށް މަލާމާތް ކުރަމުން ދާ ދިޔުމުން އެނގިގެންދަނީ މި ސަރުކާރު ނިމެން ގާތްވެފައިވާ ކަމަށެވެ. އަދި އެފަދައިން މަލާމާތް ކުރުމަކީ ސަރުކާރުގެ ނިމުމުގެ ފެށުން ކަމުގައި ވެސް އަލީ ވަހީދު ވަނީ ސިފަކުރައްވާފައެވެ. 

މިއާއެކު ޢަލީ ވަހީދު ވަނީ ގާސިމް އާއި ޓީމަށް މަލާމާތް ކުރުމުގެ ބަދަލުގައި އެމަނިކުފާނު ކުރެއްވި މުހިންމު ސުވާލުތަކަށް ޖަވާބު ދެވުމަށް ސަރުކާރަށް ގޮވާލާފައެވެ. 

"ޖުމްހޫރީ ޕާޓީގެ ފަރާތުން ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން މިކުރި ސުވާލު ތަކަށް ޖަވާބުދެއްވާށޭ. އިންޑިޔާ ސިފައިން ދިވެހިރާއްޖޭގައި ތިބި އަދަދު ވިދާޅުވެ ދެއްވާށޭ. އެމްއެންޑީއެފްގެ ހެޑްކުއާޓަރާ ބޯޑަރު ވަށައިގެން އެ ވަންނަނީ ކޮން ގައުމެއްގެ ކޮން ބައެއްތޯ ވިދާޅުވެ ދެއްވާށޭ. ހަނިމާދޫގައި ތިބީ ކިތައް ސިފައިންތޯ ވިދާޅުވެ ދެއްވާށޭ. ލާމު އަތޮޅުގައި ތިބީ ކޮން ބައެއްތޯ ވިދާޅުވެ ދެއްވާށޭ. އައްޑޫ ގައި ތިބީ ކޮން ބައެއްތޯ ވިދާޅުވެ ދެއްވާށޭ. އަދި މާލެ އަތޮޅުގައި އޮތް، ސިފައިންގެ އުތުރު ތިލަފަޅު ކިހާ މުއްދަތަކަށް ކޮން ބަޔަކަށް ދީފައި ވޭތޯ ވިދާޅުވެ ދެއްވާށޭ." 

ޢަލީ ވަހީދު 

ޢަލީ ވަހީދު ވިދާޅުވީ، އެ ސުވާލު ތަކުގެ ޖަވާބު ނުދީ މަލާމާތް ކުރުމުން، ސަރުކާރުން ދައްކާ ވާހަކައިގެ ދެކޮޅު ނުޖެހޭކަން ރައްޔިތުންނަށް އެނގިގެން ދާ ކަަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ