އަލީ ވަހީދު ޖޭޕީ ގެ ކެންޕެއިން ބައްދަލުވުގައި ވާހަކަ ދައްކަވަނީ--
ހަބަރު
27 Aug 2023 | 09:18
5 އަހަރު ވީއިރު ބޮޑު ޚިޔާނާތު ފައިސާގެ ލޯ ލާރިއެއްވެސް ހޯދުނުތޯ؟ މަރުތަކަށް އިންސާފު ހޯދުނުތޯ؟: ޢަލީ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގޮތްނޭނގޭ މަރުތަކުގެ އިންސާފު ގާއިމްކޮށްދޭނެކަމަށް ބުނެ ވެރިކަމަށް އައި މި ސަރުކާރަށް ގާއިމްކުރެވުނު އިންސާފަކީ ކޮބައިތޯ ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސުވާލު ކުރައްވައިފިއެވެ. 

ރިޔާސީ ކެންޕެއިނަށް އދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ދަނގެތި އަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ވެރިކަމަކީ އެތަށް ބަޔަކު ޖަލަށް ލެވި، އެ އެންމެހާ ފަރާތްތަކުން ކުރި މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ. އެހެން ކަމަށް ވީނަމަވެސް މިވެރިން ގެނައީ، ކުރީގެ ރައީސް، ޔާމިން އަބްދުލްގައްޔޫމްގެ ކިބައިން ބަދަލުހިފަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންނަމަވެސް މިއަދު މިފެންނަނީ އެމްއެމްޕީއާރުސީ މައްސަލާގައި، ހަތަރު ފާސް މީހަކަށް ދައުވާ ކޮށްގެން މުޅި މައްސަލައިގެ އަސްލު ގެއްލުވާލަން އުޅޭތަން. 

ޢަލީ ވަހީދު 

ޢަލީ ވަހީދު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ރައީސް ޔާމީން އެކަނި ޖަލަށްލާ، އެމްޑީޕީގެ ތެރެއިން އެފައިސާ ލިބުނުމީހުންނާއި، އެޚިޔާނާތުގައި ބައިވެރިވި އެހެން މީހުންގެ ނަން ހިމެނޭ ކަމަށް ބުނާ ލިސްޓްތައް ބަދަލުކޮށް ވަކިބަޔަކު އެމައްސަލައިން ރެކި ފިލުމަކީ އިންސާފެއް ނޫންކަމަށެވެ. 

މި ފަސް އަހަރު ހަމަވީ، ދިވެހި ބައިތުލްމާލަށް، އެމްއެމްޕީއާރުސީން ގެއްލުނު ލޯ ލާރިއެއްވެސް ވަތް ތޯ ނުވަތަ ނޫންތޯ؟ އެމްޑީޕީގެ އާއްމު މެންބަރު މީހާވެސް އެ ސުވާލަށް ޖަވާބު ދެއްވަން ވާނެ. ނުލިބެޔޭ. ބައި ރުފިޔާ އެއްވެސް ނުލިބެޔޭ. ދެން ކީއްތޯ ވެރިކަމަށް އަންނަން އަޅުގަނޑުމެން ކީ؟ އިންސާފު ގާއިމް ކުރާނަމޭ. މަރުވެގެން ދިޔަ މީހުންގެ މަރުތަކުގެ ހަގީގަތް ހޯދާނަމޭ. 

ޢަލީ ވަހީދު 

ކަންކަން މިހެން ހުރި އިރު، އަލީވަހީދު ވިދާޅުވީ ގައުމުގެ ވެރިކަން ބޮއްސުންލާ ހުރިހާ ދިމާލަކުން އަޅުގަނޑުމެންނާ ދިމާލަން ލޮއްސިތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ނުބައި ވެރިޔަކު ވެރިއަކަށް ގެނެވިއްޖެނަމަ ގައުމަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށެވެ. އަދި މިއީ ގާސިމްފަދަ އިޚްލާސްތެރި ދީލަތި ބޭފުޅަކަށް ފުރުޞަތެ ދެއްވަންވީ ވަގުތު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިސްލާމްދީނަށާއި ދިވެހި މިނިވަންކަމަށާއި ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު ހިދްމަތެއް ކޮށްދެއްވި ލީޑަރަކީ ގާސިމް އިބްރާހިމް ކަމަށާއި ދިވެހި ވެރިކަމަށް މިފަދަ ދަނޑިވަޅެއްގައި އެންމެ ގާބިލް ވެރިއަކީ ގާސިމް އިބްރާހިމް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.