މާމިގިލި އެއާޕޯޓުން އަލީ ވަހީދާއި ޤާސިމް އިބްރާހިމް ބައްދަލުކުރެއްވުމުގެ ތެރެއިން
ހަބަރު
15 Jul 2023 | 13:51
އަލީ ވަހީދަކީ ވަރަށް ވިސްނުންތެރި ބޭފުޅެއް، މިގައުމަށް މިިފަދަ މީހުން ބޭނުންވޭ: ޤާސިމް

މި ގައުމަށް ވިސްނުންތެރި މީހުން ބޭނުންވާ ކަމަށާއި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ އެފަދަ ބޭފުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިފަދައިން ވިދާޅުވެފައިވަނީ އަލީ ވަހީދު ވިލާ މާމިގިލީ އެއަރޕޯޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށްފަހު ދެއްވި ބަސްދީގަތުމެއްގައެވެ.

އެގޮތުން ޤާސިމް ވިދާޅުވީ މިގައުމަށް ރަނގަޅު ހިތްވަރު ހުރި ވިސްނުންތެރި މީހުން ބޭނުންވާ ކަމަށާއި އަލީ ވަހީދަކީ ކަންތައްތައް ކުރެވޭ ވިސްނުންތެރި ބޭފުޅެއް ކަމަށެވެ.

"މިގައުމަށް ރަނގަޅު، ހިތްވަރު ހުރި، ވިސްނުންތެރި މީހުން ބޭނުން. ކަންތައްތައް ކުރެވޭ. އަލީ ވަހީދަކީ ވަރަށް ވިސްނުންތެރި ވަރަށް ރަނގަޅަށް ކަންތައްތައް ބަރާބަރަށް ކުރާ، ވިސްނޭ، ކަންތައްތަކުގެ ތެރެއަށް ވަނީމަ ބަރާބަރަށް ވަރަށް ބާރަށް ވަރަށް ރަނގަޅަށް ވިސްނި ވަޑައިގަންނަވާ، ކަންތައްތަަކައިގެން ކުރިއަށް ފިޔަވަޅު އަޅައިގެން، ހަރަކާތްތެރި ކަމާއިއެކު މި ކަންތައްތައް ކުރެވޭ ބޭފުޅެއްކަން އަޅުގަނޑު ހަމަގައިމުވެސް ޔަގީން ކުރަން."

ޤާސިމް އިބްރާހިމް

މިއާއިއެކު މިސިފައަކީ މާ ގިނަ މީހުންގެ ހުންނަ ސިފައެއް ނޫން ކަމަށް ޤާސިމް ދެކެވަޑައިގަންނަވާ ކަމަށް ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ އަލީ ވަހީދަކީ ކަންކަން ވަރަށް ބާރަށް ކުރިއަށް ގެންދާ، އަމަލީ ގޮތުން ކަންތައްތަކުގައި އުޅުއްވާ، ކެރޭ، ވަރަށް މުރާލި، ހީވާގި މީހެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން އަލީ ވަހީދާއި ދޭތެރޭ މީހުން ހަސަދަވެރިވެ ދިމާވި ކަމެއްގައި ތާށި ވުމަށްފަހު އަނެއްކާވެސް ސަލާމަތްވެ ވަޑައިގެން އައިސް ހުންނެވި ކަމަށް ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ.

"އެހެންވީމަ ބައެއް މީހުން ހަސަދަވެރިވެސް ވާނެ. ހަސަދަވެރި ފަރާތުން އަންނަ އެތިފަހަރުވެސް އަންނާނެ. އެހެންވީމަ އެކަހަލަ އެތިފަހަރެއްގަ މި ދޭތެރެއިން އެ ތާށި ވެގެން ހުންނަވާފަ، އަނެއްކާވެސް އެކަމުން ސަލާމަތްވެ ވަޑައިގެން އެހުންނެވީ."

ޤާސިމް އިބްރާހިމް

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔުމަށްފަހު، އެ ދައުވާ އަނބުރާ ގެންދިޔުމުން އަލީ ވަހީދު އަނބުރާ ރާއްޖެ ވަޑައިގަންނަވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ކޮމެންޓް
ޖާސިމް
ވެރިކަމަށް އަންނަންބޭނުންވިޔަސް ކަންކަން ކުރުމުގައި މިންތަކަކާއި އިންތަކެއްގައި ހިފާއްޓަން ޖެހޭ. މިހާރު ގާސިމް މިވަނީ ލައިނުން ބޭރުވެފަ މިސްރާބު ރަނގަޅެއް ނޫން.
15 Jul 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.