އަލީ ވަހީދު
ހަބަރު
23 Aug 2023 | 18:19
އަލީ ވަހީދު ރައީސް ޞާލިހަށް: މިސްރާބު ބަދަލުކުރައްވާ! ތިޔަ ދަނީ ފަރަށްއަރަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އެމްޑީޕީގެ މިސްރާބު މިހާރު ހުރި ދިމާ ބަދަލުކުރުމަށާއި، މިހާރު ހުރި މިސްރާބުން އަރާނީ ފާރަށް ކަމުގައި ވިދާޅުވެ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު އަނެއްކާވެސް ފާޑުވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިންގައި ނ މާޅެންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވަނީ އުތުރު ތިލަފަޅަށް ރާއްޖޭގެ ސިފައިންނަށް ނޭރޭކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށާއި އެފަދަ ވާހަކަތަކުގައި ސިފައިން ޝާމިލް ނުކުރުމަށް ގޮވާލައި ޑިފެންސް މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. 

ދިވެހި ސިފައިންގެ ތެރޭގައި ނަގަންވީ ނޫންތޯ ސިއްރު ވޯޓެއް، ތިބޭފުޅުން ތިޔަ ކަން ކުރައްވާ ގޮތަށް ދިވެހި ސިފައިންގެ ތެރެއިން އެންމެ ބޭފުޅެއް ވޯޓުދެއްވިޔަސް އަޅުގަނޑުމެން ތިބޭނަން ގޭގައި

އަލި ވަހީދު 

އަލީވަހީދު ވިދާޅުވީ ސަރުކާރުން ކަން ކުރައްވާ ގޮތާއިމެދު ދިވެހި ސިފައިން ނުރުހޭ ކަމަށާއި އެއީ ސިޔާސީ ބައެއް ނޫންކަމުގައެވެ. 

އަލީވަހީދު ގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި ދިވެހި ރައްޔިތުންނަން ފޮރުވައިގެން އެ މައްސަަލައިގައި ހިމެނޭ ސިޓީތައް ހަމައެކަނި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމުގެ ފުރުސަތެއް ގާނޫނު އަސާސީންވެސް ލިބިދީގެން ނުވާ ކަމަށާއި، އެ ސިޓީތައް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ސިއްރުކޮށްފައި ކަމަށެވެ. ހަމަ އެޔާއެކު މި ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު އެ ސިޓީ ދިވެހި ރައްޔިތުންނަން ހާމަކުރާނެ ކަމަށެވެ. 

އެއީ މޮރިޝަސްގެ ބޮޑު ވަޒީރުގެ ސިޓީއެއް ނޫން، އެއީ ދިވެހި ރައްޔިތުންގެ ސިޓީއެއް

އަލީ ވަހީދު 

ހަމައެއާއެކު އަލީ ވަހީދު ވިދާޅުވީ ހަނިމާދޫ އާއި އައްޑޫއާއި ތަންތަނަށް "ބިރިޔާނީ ގަނޑަކަށް" ވިއްކާލައިގެން އިންޑިޔާ ސިފައިން ގެނެސް ބޭތިއްބުމުގެ އެއްވެސް ހައިސިއްޔަތެއް ސަރުކާރަށް ނޯންނާނެކަމުގައެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ޑެޑްލޮކްއަށް ދިޔައީ ސީދާ ރޭވުމެއްގެ ތެރެއިން އެ މައްސަލަ ތަކަށް ޖަވާބުދާރީ ނުވުމަށް ކަމުގައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މި ފާހަކަށް އައިސް ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ ހުރިހާ ބޭފުޅުންވެސް އިންޑިޔާ ސިފައިން ރާއްޖެގައި ތިބުމާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލަމުން އަންނަކަން ފާހަގަކޮށްވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.